މާލެ ސަރަހައްދުގައި ހިންގާ ގެދޮރުވެރިކަމުގެ މަޝްރޫޢޫގެ ތެރެއިން މާލޭގެ ރައްޔިތުންގެ އިތުރުން އަތޮޅުތެރޭ ރައްޔިތުނަށްވެސް ފުރުސަތު ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ދ.މީދޫ، އާސްޓްރާ، ފަރިޔާޟް ޙުސައިން، ރައީސް އާ ކުރެއްވި ސުވާލަކީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މާލެ ސަރަޙައްދުން ބޯހިޔާވަހިކަން ލިބޭނެތޯއެވެ. މިއަދަކީ ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހަށް ވުމާއެކީ ފަރިޔާޟް ޙުސައިންގެ ސުވާލަށް ޖަވާބު ދެއްވުމުގެ ކުރިން ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ހުރިހާ އަންހެން ކަނަބަލުންނަށް ދެއްވާފައެވެ. އެއަށްފަހު ފަރިޔާޟްގެ ސުވާލުގެ ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެތައް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް މާލޭގެ ރައްޔިތުންނަށް ގެދޮރުވެރިކަމުގެ ދަތިކަން އެބަހުރި ކަމަށާއި އެ ފަރާތްތަކަށް މި ސަރުކާރުން ގެދޮރުވެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ. އެއަށްފަހު މާލެ ސަރަހައްދުން ބޯހިޔާވަހިކަން ބޭނުންވާ މާލެ ކައިރި އާއި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެ ފުރުސަތު ދެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ނިންމާފައިވާ ގެދޮރުވެރިކަމުގެ މަޝްރޫޢުތަކުން ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށާއި އެމަނިކުފާނުގެ ސަރުކާރުން އެއްވެސް ރައްޔިތަކު ބާކީނުކޮށް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.