މާލޭ ސިޓީގައި ދާދި ފަހުން ހުޅުވި ގާމެންޓް ފިހާރައެއް ކަމުގައިވާ "އިޒްނޯ" އަކީ ވަރަށް ތަފާތު ރީތި ހެދުމާއި ފޮތި އަދި ކުޑަކުދިންނާއި އަންހެނުން ބޭފުޅުންގެ ހެދުން އިތުރަށް ފުރިހަމަ ކުރުމަށް ބޭނުންވާ ތަކެތި ޖީބަށް ލުއި އަގެއްގައި ވިކާ ފިހާރައެކެވެ. މާފަންނު ހަނދުވަރީ ހިނގުން،( ލެމަން ގްރާސް މާގު) ގައި ހުންނަ ވަޤުތީ މިސްކިތް ކުރިމަތީގައި ހުންނަ އިޒްނޯ ގެ އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ އެތަނުގެ ހެދުން ތަކާއި ފޮތި ކޮލިޓީ ވެފައި ޑިޒައިން ތައް ތަފާތު ވުމެވެ. ގިނަ ބަޔަކު އެތަނަށް ޒިޔާރަތް ކުރާ ސަބަބަކީ އެއީ ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރެވެއެވެ.

"އަޅުގަނޑު މިތަނުން ވިޔަފާރި ކުރަނީ ކޮލިޓީ ވެފައި ތަފާތު އެއްޗެހި ވިއްކަން ގެންނާތީ، ކުޑަކުދިންގެ ހެދުން އަދި ބުރުގާ އާއި އޮފީސް ހެދުން ވެސް ވަރަށް ރީތި. އަގު ވެސް ބަރާބަރު" އިޒްނޯ އިން ވިޔަފާރި ކުރާ އަންހެނަކު ބުންޏެވެ.

އިޒްނޯ އަށް ގާމެންޓް އެންމެ ގިނައިން ގެންނަނީ މެލޭޝިޔާ އިންނެވެ. ދިވެހިންނަކީ އަބަދުވެސް އެންމެ ޒަމާނީ ހެދުން އެޅުމަށް ލޯބި ކުރާ ބައެކެވެ. ޚާއްޞަ ކޮށް މުސްލިމުންނާއި ގުޅޭ ހެދުމާއި ބުރުގާ އަކީ ވަރަށް ހިގާ ބާވަތެކެވެ. މިފަދަ ގާމެންޓް ގަތުމުގައި 'ޔުނިކް' އެއް ފިހާރަ އަކީ އިޒްނޯ އެވެ.