1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާދަމާ ހުކުރު ކުރާނީ، ރާއްޖޭގެ ފުރަތަމަ އޯޓިސްޓިކް ޚަޡީބު

Zuvaan-Khatheeb
ފޮޓޯ: އިސްލާމިކް މިނިސްޓަރީ
މަރްޔަމް ޝަފާ ސައީދު
2,668ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ ފުރަތަމަ އޯޓިސްޓިކް ޚަޡީބު މާދަމާ ހުކުރު ކުރާގޮތަށް ހަމަޖެހިއްޖެއެވެ.

ތާޖުއްދީން ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވަމުންދާ ޒައިން އަލީ ހުކުރު މާދަމާ ކުރާނީ ހުޅުމާލޭގައި ހުންނަ މަސްޖިދުލް އަމާނީ މިސްކިތުގައެވެ.

މިއީ އޯޓިޒަމް ބަލިހުންނަ މި އުމުރުގެ ކުއްޖަކު ޚިޡުބާ ކިޔައި އަދި އިމާމުވެ ހުކުރު ނަމާދު ކުރާ ފުރަތަމަ ފަހަރުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

300 × 250

އަންނަ ހުކުރު ދުވަހު، ޒުވާން ޚަޡީބުން މިސްކިތްތަކުގައި ހުކުރުކުރަން ފަށާނެކަމަށް އިސްލާމިކް މިނިސްޓަރ، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ.

ޒުވާން ޚަޡީބުން ތަމްރީނުކުރުމަށް ބޭއްވި ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އަދި ފުރަތަމަ ބުރުފުރިހަމަ ކުރި ބައިވެރިންނަށް އެދުވަހު ސެޓްފިކެޓް ހަވާލު ކޮށްފައެވެ. މާލޭ ސަރަހައްދުގައި ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 6 އިން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރިގްރާމްގެ ފުރަތަމަ ބުރު މިއަދު ނިންމާލުމާއިގުޅިގެން އިސްލާމިކް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އަންނަ ހުކުރުދުވަހު މާލޭގެ ބައެއް މިސްކިތްތަކުގައި ބައެއް މިސްކިތްތަކުގައި ޒުވާން ޚަޡީބުން ބައެއް މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރައްވާނެ ކަމުގައެވެ.

"ޒުވާން ޚަތީބުން މި އަންނަ ހުކުރުގަ މާލޭ ސިޓީ ބައެއް މިސްކިތްތަކުގައި އިމާމްވެ ހުކުރު ކުރާނެ." މިނިސްޓަރގެ އެސްކް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ޒުވާން ޚަޡީބުން ތަމްރީނު ކުރުމަށް ހުޅުވާލި ފުރުސަތުގައި 160 ކުދިންނާއި އިންޓަރވިއުކޮށްފައި ވެއެވެ. މި ޕްރޮގްރާމް އަމާޒުކުރީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި