1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ދިވެހި ދައުލަތަށް 49 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ހަސަން ޝުކުރީ އަވަހާރަވެއްޖެ

shuk
ހަސަން ޝުކުރީ....ފޮޓޯ: ސޯޝަލްމީޑިޔާ
މަރްޔަމް ޝަފާ ސައީދު
409ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ދިވެހި ދައުލަތަށް 49 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ހަސަން ޝުކުރީ މިއަދު އަވަހާރަވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ހަސަން ޝުކުރީ 79، އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

ހަސަން ޝުކުރީގެ މައްޗަށް ކުރެވޭ ކަށު ނަމާދު އޮންނާނީ މިރޭގެ ތަރާވީސް ނަމާދަށް ފަހު ހުޅުމާލެ ސަހަރާގައެވެ.

300 × 250

ހަސަން ޝުކުރީ ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ ސެޕްޓެމްބަރު 24، 1959 ގައެވެ. އޭނާ އެންމެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައި ވަނީ މިނިސްޓްރީ އޮފް ނެޝަނަލް ޑިފެންސް އެންޑް ސެކިއުރިޓީގައެވެ.

ހަސަން ޝުކުރީ ފުރަތަމަ އަދާކުރެއްވީ މައާރިފްގެ ޕިޔޯނެއްގެ ވަޒީފާއެވެ. އޭގެފަހުން މަޖީދިއްޔާ ސްކޫލްގެ ޕިޔޯނުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ ޕިޔޯނުކަމާއި ޓެލެކޮމިއުނިކޭޝަން ޑިޕާޓްމަންޓްގެ ޕިޔޯނުކަމާއި މުލިއާގޭގެ ޕިޔޯނުކަމާއި ޖަސްޓިސް މިނިސްޓްރީގެ ޕިޔޯނުކަމާއި މުލިއާގޭގެ ޕިޔޯނުކަން ކުރެއްވިއެވެ. އަދި މާޗް 21، 1981 ގައި އެ ވަޒީފާ އިން ވަކިވެވަޑައިގަތުމަށް ފަހު، އަލުން ހިދުމަތް ފެއްޓެވީ އޭޕްރީލް 5، 1981 ގައި ކޯޓު ނަންބަރު 2 ގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ.

shajkހަސަން ޝުކުރީ....ފޮޓޯ: ސޯޝަލްމީޑިޔާ

މިނިސްޓްރީ އޮފް ނެޝަނަލް ޑިފެންސް އެންޑް ސެކިއުރިޓީގައި މަސައްކަތް ކުރެއްވުމަށް ފަހުގައި އޭޕްރީލް 13، 1982 ގައި މިނިސްޓްރީ އޮފް ޕަބްލިކް ސޭފްޓީގެ ޕިޔޯނެއްގެ ވަޒީފާއަށް ބަދަލުވެވަޑައިގެންނެވިއެވެ. އަދި އޭގެ ފަހުން އޭޕްރީލް 7، 1986 ގައި މުލިއާގޭ ޕިޔޯނެއްގެ ވަޒީފާ އަށް ބަދަލުވެވަޑައިގަތެވެ.

އަހަރެއްހާ ދުވަހު މުލިއާގޭ ވަޒީފާގައި އުޅުއްވުމަށް ފަހު، އޭގެ ފަހުން ރިޓަޔާ ކުރައްވަންދެން ހުންނެވީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ މަގާމުގައެވެ. އެ މިނިސްޓްރީގައި ސީނިއާ މެސެންޖަރުކަމާއި އިސް ސަރުދާރު ކަމާއި ފޯމަނެއްގެ ވަޒީފާ އަދާކުރެއްވިއެވެ.

shakiހަސަން ޝުކުރީ....ފޮޓޯ: ސޯޝަލްމީޑިޔާ

ސާޅީ ނުވަ އަހަރާއި 10 މަހަށް ވުރެ ގިނަ މުއްދަތެއް ވަންދެން ދައުލަތަށް ހިދުމަތް ކުރެއްވުމަށް ފަހު ހަސަން ޝުކުރީ ރިޓަޔާ ކުރެއްވީ ސެޕްޓެމްބަރު 29، 2009 ގައެވެ. ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވުމާ ގުޅިގެން ހަސަން ޝުކުރީގެ ހިދުމަތުގެ އަގު ވަޒަންކޮށް މެޑަލް އާއި ހަނދާނީ ލިޔުން ހަވާލު ކުރީ ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް މިދިޔަ އަހަރުގެ ޖުލައި 26 ގައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި