ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު އަށް ހުޝާމަދުގެ ބަސްތަކެއް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ ކުރައްވައިފިއެވެ. ޝިއުނާ ވިދާޅުވީ ރައީސް މުއިއްޒުގެ އަނބިކަބަލުންނަށް، ކޮންމެ ބަޔަކު ފާޑުކީ ނަމަވެސް އެއީ ސާދާސީދާ ބޭފުޅެއް ކަމަށެވެ. ޝިއުނާ، ސާޖިދާ އަށް ހުޝާމަދުގެ ބަސްތަކެއް އަމާޒު ކުރެއްވީ އޮންލައިން ނޫހަކުން، ރަމަޝާންމަހަށް ހާއްސަކޮށްގެން ގެނެސްދެއްވި ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝިއުނާ ވިދާޅުވީ މެޑަމްއަށް ފާޑުކިޔާ މީހުން އެކަން އެގޮތަށް އެ ކުރަނީ މީގެ ކުރިން އައި، ވެރިކަންތަކުގައި އޭރު ވެރިންގެ އަނބިކަބަލުންގެ އަމަލުތައް ހުރި ގޮތުން ކަމަށްވެސް ގަބޫލު ކުރެވޭ ކަމަށެވެ. ޝިއުނާ މިހެން ވިދާޅުވެފައިވާއިރު، ރައީސްގެ އަނބިކަބަލުންނަށް، ސޯޝަލް މީޑިއާގައި ދަނީ ވަރަށް ބޮޑަށް ފާޑިކިއުންތައް އަމާޒު ކުރަމުންނެވެ. އެގޮތުން ބައެއް ބޮލޮގްތަކުގައިވެސް އެކަމަނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެއެވެ. އަދި ސަރުކާރު ހިންގުމެގެ ތެރެއަށްވަދެ ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ ފާޑުކިއުން އަމާޒު ކޮށްފައިވާއިރު، ބޯހިޔާވަހިކަމަށް ރައްޔިތުންނަށް ދޭން ބޭނުންވާ ފްލެޓް ލިސްޓަށްވެސް އަތް ބާނާފައިވާ ކަމުގެ ތުހުމަތު ތަކެއް ވެސް ވަނީ އަމާޒު ކޮށްފައި ވެއެވެ. ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ދިނުމުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަނބިކަނބަލުން އަދި ފަރސްޓް ލޭޑީ، ސާޖިދާ މުހައްމަދު ލިސްޓެއް ގެންގުޅޭ ކަމަށް ދެކެވުނު ވާހަކަތައް ރައީސްވެސް ވަނީ ދޮގުކުރައްވާފައެވެ. ޝިއުނާ ފާހަގަ ކުރެއްވީ މީގެ ކުރިން އެކި އެކި މަސައްކަތުގައި އުޅުއްވިއިރުވެސް ސާޖިދާއަކީ ވަރަށް ބޮޑަށް ދަންނަ ފަރިތަ އެނގޭ ބޭފުޅެއް ކަމަށެވެ. އަދި މެޑަމް އަކީ އޭރުވެސް ވަރަށް ސަކަރާތްޖަހާ މަޖާ މިޒާޖެއްގެ މީހެއް ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން މެޑަމް ސަރުކާރު ހިންގުމަށް ނުފޫޒު ފޯރުވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
"މެޑަމް ބޭނުންފުޅެއް ނުވާނެ ނުފޫޒު ފޯރުވާއިގެން ކަންކަން ކުރުވުމަށް. އެއްވެސް ވަރަކަށް. އަޅުގަނޑު މި ޔަގީންކަންދެނީ ސަރުކާރު ހިންގުމުގެ ތެރެއަށް މެޑަމް އެއްވެސް އެއްޗެއް ވިދާޅެއް ނުވާނެކަން. އެކަން ކުރާނީ ސަރުކާރު ހިންގާ ބޭފުޅުން." ޝިއުނާ
ޝިއުނާ ވިދާޅުވީ މީގެ ކުރިންވެސް ސާޖިދާ އަކީ ޕަބްލިކް މަސައްކަތުގައި އުޅުއްވި ފަރާތެއް ކަމަށާއި، މިހާރުވެސް ބޭނުނުންފުޅުވާނީ އެ މަސައްކަތުގައު އުޅުއްވަން ކަމަށެވެ. އެއީ މެޑަމްގެ ދާއިރާ ކަމަށްވާތީ ކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ. ޝިއުނާ ވިދާޅުވީ ދިވެހި ރާއްޖޭގެ އެއްވެސް ފަސްޓްލޭޑީއަކަށް އަމާޒު ނުވާވަރަށް މެޑަމް ސާޖީއަށް ފުރައްސާރަ އަމާޒުވާކަމީ ކަންބޮޑުވާ ކަމެއް ކަމަށާއި، މިކަންކަން ހުއްޓެން ޖެހޭ ކަމަށެވެ. ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވިނަމަވެސް ޒާތީ ދިރިއުޅުމާއި ބެހި މަސައްކަތް ކުރެއްވުމަކީ ބަލައިގެނެވޭނެ ކަމެއްނޫން ކަމަށެވެ. ޝިއުނާ ވިދާޅުވީ މެޑަމް އަބަދުވެސް މަސައްކަތް ކުރައްވަނީ ޕަބްލިކް ހިދުމަތުގައި ކަމަށްވާއިރު، ސުކޫލް ދައުރު ނިމުމަށްފަހު ވެސް އެއް ހިދުމަތެއްގައި ދެމި ހުރި ހުރުން އެއީ އެކަމަނާގެ ސާބިތުކަން ކަމަށެވެ. އެގޮތުން އެކަމަނާގެ ފަސްބައިގައި އެއްވެސް ވަރަކަށް ކޮރަޕްޝަނާއި ފަސާދައިގެ އެއްވެސް ލައްގަޑެއް މިއަދާއި ހަމަޔަށް ނެތް އިރު މި ކުރެވޭ ކަންކަމުން ނުކުންނީ ގޯސް ނަތީޖާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.