1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޤާނޫނަށް އިޞްލާހު ގެނެސް، ގދތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ

IMG-20240318-WA0025
ހުވަދޫ ފޮޓޯ.... އަޚްތަރު
މަރްޔަމް ޝަފާ ސައީދު
301ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޤާނޫނަށް އިޞްލާހު ގެނެސް ތިނަދޫ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ދީފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އެ އިޞްލާހު ގެނައީ ވޯޓުގައި ބައިވެރވެވަޑައިގެންނެވި 42 މެންބަރުންގެ ވޯޓުންނެވެ. ޤާނޫނަށް އެ އިޞްލާހު ހުށައެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިންއެވެ.

ލާމަރުކަޒީ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވާގޮތުގައި ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބޭނީ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ހަމަވެ، އެރަށަކީ ސިޓީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުންނެވެ.

300 × 250

މި ޤާނޫނުގައި ބުނެފައިވާގޮތުގައި އިދާރީ ދާއިރާއެއްގައި ހިމެނޭ ރަށެއް ސިޓީއެއްގެ ގޮތުގައި ކަނޑައެޅިނަމަވެސް، އެ ސިޓީ ހިންގަމުންދާނީ އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިޚާބުވެފައި އޮތް ރަށު ކައުންސިލުންކަމަށެވެ. އަދި ރަށެއް ސިޓީއަކަށް ބަދަލުވެއްޖެނަމަ، އެ ރަށް ސިޓީއަކަށް ބަދަލުވުމުގެ ކުރިން އެ ރަށް ހިންގުމަށްޓަކައި އިންތިޚާބުވެފައި އޮތް ރަށު ކައުންސިލުން އެ ސިޓީ ހިންގާނީ، އެ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރަށު ކައުންސިލްގެ ދައުރު ހަމަވުމުގެ ކުރިން އެކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބޭގޮތަށް ޤާނޫނަށް އިޞްލާހު ގެނައީ ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިންނަމަވެސް، އެރަށު ކައުންސިލަށް ސިޓީއެއްގެ ދަރަޖަ ލިބިފައި ނުވާތީއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ކުރީ ސަރުކާރުން ނިންމެވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް އެ ރަށު ކައުންސިލަށް ސިޓީ ކައުންސިލެއްގެ ދަރަޖަ ލިބުމުގައި ޤާނޫނީ ހުރަސްތަކެއް ހުރުމުން އެކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލުން ވަނީ ލާމަރުކަޒީ ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައެވެ.

ލާމަރުކަޒީ ކޮމިޓީން ނިންމާފައިވަނީ ޤާނޫނަށް އިސްލާހުތައް ގެނައުމަށްފަހު ތިނަދޫ ކައުންސިލަށް ސީޓީ ކައުންސިލެއްގެ ދަރަޖަ ދިނުމަށެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ސިޓީއެއްގެ ދަރަޖަ ރަށަކަށް ދީފިނަމަ އެ ރަށެއްގެ ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި ސިޓީއެއްގެ ދަރަޖަ ލިބޭ ރަށުގެ، ކައުންސިލް ރައީސާއި ނައިބު ރައީސްގެ މަޤާމު، މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ މަޤާމަށް ބަދަލުވާނެކަމަށްވެސް މަޖިލީހުން ފާސްކުރި އިޞްލާހުގައިވެއެވެ.

މި އިސްލާހުގެ ދަށުން ރަށު ކައުންސިލް، ސިޓީ ކައުންސިލަކަށް ބަދަލުވި ނަމަވެސް އެ ކައުންސިލް ދެމި އޮންނާނީ ރަށު ކައުންސިލްގެ ދައުރު ހަމަވަންދެންކަމަށް ވަނީ ބަޔާންކޮށްފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި