1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވަރަށް އަވަހަށް ހިޔާފުލެޓް ސަރަހައްދުގައި އެކިކަހަލަ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމުކުރާނަން: ރައީސް

fsaso
ފޮޓޯ: ރައީސްއޮފީސް
މަރްޔަމް ޝަފާ ސައީދު
286ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކިކަހަލަ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ވަރަށް އަވަހަށް ގާއިމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ، ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ "ރައީސް ގެ ޖަވާބު" ޕްރޮގްރާމްގައި، ހިޔާ ފްލެޓް H-12-02-01، ނިޝްރީނާ މޫސާ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށިގެންވާ ވަސީލަތްތައް ނެތުމާއި ގުޅިގެން ކުރި ސުވާލަށް ޖަވާބުދެއްވަމުނެވެ.

ނިޝްރީނާ ވަނީ ހިޔާ ސަރަހައްދުގައި އުޅޭތާ 2 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު ވެސް، އަންހެނުންނަށް ކުޅިވަރު ކުޅެވޭނެ ކަހަލަ އެއްވެސް ކަހަލަ އިންތިޒާމެއް ނެތުމުން ކުޅިވަރު ކުޅެވޭނެ ކަހަލަ ކޯޓުތަކާއި ދަނޑުތައް ހަދައިދޭނީ ކޮންއިރަކުންތޯ ސުވާލު ކޮށްފައެވެ.

300 × 250

މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، މީގެ ކުރިން ހިޔާ ސަރަހައްދުގެ އެއްވެސް ކަމެއް އޮތީ ނުކޮށް ކަމަށެވެ. ނަމަވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭ ކޯޓު ތަކާއި ޕާކުތަކާއި ހިތް ފަސޭހަ މައިދާންތައް ހެދުމުގެ މަސައްކަތް ކުރަން މި ސަރުކާރުން ނިންމާފައި އޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ ސަރަހައްދަކީ އެންމެ ގިނަ ރައްޔިތުން އެއް ދިމާލެއްގައި އުޅޭ ސަރަހައްދު ކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް އަދި އެހެން ފަރާތްތަކާއި ވެސް ގުޅިގެން އެކިކަހަލަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމު ކުރައްވާނެ ކަމަށެވެ.

"ހިޔާ ސަރަހައްދު މިއީ އެންމެ ގިނަ ރައްޔިތުން އެއް ދިމާލެއްގައި އުޅޭ ސަރަހައްދު ވީމައި، ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ސަރުކާރުން އެޗްޑީސީ މެދުވެރިކޮށް އަދި އެހެން ފަރާތްތަކާއި ވެސް ގުޅިގެން އެކިކަހަލަ ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމުކުރާނަން."

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ އޭގެ ތެރޭގައި އަންހެނުންނަށް ބޭނުންވާ ހޭންޑް ބޯލް ކޯޓުތަކާއި އެކިކަހަލަ ކުޅިވަރު ކުޅޭނެ ކޯޓުތައް ވެސް ހިމެނޭހެން ވަރަށް އަވަހަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅެވޭ ވަސީލަތްތައް ގާއިމު ކުރުމުގެ މަަސައްކަތް ފައްޓަވާނެ ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި