ސަރުކާރުގައި ތިބެ "އިންޑިއާ އައުޓް" ޖަހައިގެން ތިބެ މުޒާހަރާ ކުރާ ކަށް ނުޖެހޭ ކަމަށާއި، ޑރ މުއިއްޒު ގެ ވެރިކަން އެއަށްވުރެ މާ ސްމާޓް ކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގް ވިދާޅުވެއްޖެއެވެ. ފާތުމަތު ތައުފީގް އެކްސްގައި ވިދާޅުވީ ސަރުކާރުގައިތިބެ އިންޑިއާ އައުޓް ޖަހައިގެން މުޒާހަރާ ކުރާކަށް ނުޖެހޭ ކަމަށާއި، ޑިޕޮލޮމެޓިކް ލެވެލްގައި މަޝްވަރާ ކޮށްގެން ސިފައިން ބާލުވަން ޖެހޭނެ ކަމަށެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗް މިހާރު ފުރުވާލާފައިވާއިރު، ދެވަނަ ބެޗް ވެސް ފުރުވާނެ ކަމަށެވެ. އެގޮތުން ދެވަނަ ބެޗް ފޮނުވާނީ އެޕްރީލް 10 އެއްގައި ކަމަށް ވެސް ވިދާޅުވިއެވެ.
"ރީތި ގޮތުގައި ކަންކުރަންއޮއްވާ ހަޑިވާކަށް ނުޖެހޭ. ޑރ. މުއިއްޒު ކަންކުރައްވަނީ ހިތްތިރި ހިކުމަތްތެރި ކަމާއި އެކު" ކުޑީ ވިދާޅުވިއެވެ.
ކުޑީ އިތުރަށް ވިދާޅުވީ ސްމާޓް ގޮތަކީ އެއްވެސް ގައުމެއްގެ ސިފައިން މިތާ ތިބެންޖެހޭ ސަބަބު ނައްތާލެވޭނެ ކަމަށެވެ. އެކަން ކުރުމައްޓަކާއި އަމިއްލަ އެއާ އެމްބިއުލާންސް ވެސް ގެނެވިއްޖެކަމަށާއި، ދިވެހިންގެ ޓީމްވެސް ޓްރެއިން ކުރެއްވިއްޖެކަމަށެވެ. އަދި ސަރުކާރު ސާވިއަލެންސް ކުރަން އަމިއްލ ޑްރީންވެސް ސަރުކާރުން މިހާރު ގެނެއްސި ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން މިހުރިހާ ކަމެއްވެސް އޮޕަރޭޓްކުރާނީ ދިވެހި ސިފައިން ކަމަށާއި، ނުވެހުރި ކަންތައްތަކުގެ ވާހަކަ ނުދައްކާ ކޮށްދެވޭ ކަންތައްތަކުގެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ. އަމިއްލަ އަތްމައްޗަށް ގައުމުގެ މިނިވަންކަން ބެލެހެއްޓުން ލިބުން މިއީ ތައުރީފް ހައްގު ކަންކަންތޯވެސް ކުޑީ ވަނީ ސުވާލު ކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.