1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަރަންޓު އިގްތިސާދު ކުރުމަށް ހާއްްސަ ސަމާލު ކަމެއްދެއްވުމަށް ސްޓެލްކޯގެ އެމްޑީ އިލްތިމާސް ކުރައްވައިފި

edo
ފޮޓޯ: އެޑިޝަން
މަރްޔަމް ޝަފާ ސައީދު
222ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި ދުވަސްވަރު، ހޫނުގަދަ ދުވަސްވަރަކަށް ވުމުން، ކަރަންޓު އިގްތިސާދު ކުރެއްވުމަށް ހާއްްސަ ސަމާލުކަމެއް ދެއްވުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އިލްތިމާސް ކުރައްވައިފިއެވެ.

މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.

މި ދުވަސްކޮޅު އާންމު ގޮތެއްގައި ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް އިހްސާސް ކުރެވޭ ހޫނުމިން ހުންނާނީ 40 އަށް ވުރެ މައްޗަށް ކަމަށާއި މާރިޗް މަހަކީ ޚާއްސަކޮށް ރާއްޖެއަށް އެންމެ ހޫނު ގަދަވާ ދުަވަސްވަރެއް ކަމަށް ވެސް މެޓް އޮފީހުން ހާމަކުރެއެވެ.

300 × 250

ފަހުމީ ވިދާޅުވީ، މިއީ ހޫނު ގަދަ ދުވަސްވަރަށް ވުމާއި އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދޭ ކަމަށެވެ. އޭނާ ވަނީ އެ ކުންފުނީގެ މީގެ ކުރީގެ ތަފާސް ހިސާބުތަކާއި މި ދުވަސްވަރުގެ ތަފާސް ހިސާބުތައްވެސް ހާމަ ކުރައްވާފައެވެ.

މިގޮތުން އާއްމުކޮށް އެވްރެޖް މަހެއްގައި މާލެ ސަރަހައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާ އިރު، މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރަމުންދާ ކަމަށެވެ.

"އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިގްތިސޯދު ކުރެއްވުމަށް ހާއްްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން،" އޭނާ ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި