ޓިކްޓޮކެއް ކުޅެގެން ނޫނީ ފޮޓޯއެއް ނަގައިގެން 5000 ރުފިޔާގެ އިނާމެއް ލިބޭ މުބާރާތެއް އެސްޓީއޯ އިން ފަށައިފިއެވެ.
އަންނަ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހާއި ހަމައަށް ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމަށް އެސްޓީއޯ ހެޑް އޮފީހުގެ ރީތި ފޮޓޯއެއް ނެގުމަށްފަހު ފޭސްބުކަށް ޕޯސްޓްކޮށްލަންވީއެވެ. ނުވަތަ ހެޑް އޮފީސް އަރާ ގޮތަށް ޓިކްޓޮކެއް ވެސް ކުޅެލެވިދާނެއެވެ.
އެންމެ ގިނަ ލައިކް ލިބޭ ފޮޓޯއަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗަރއެއް ލިބޭނެއެވެ.
އެ ކުންފުނިން ވިދާޅުވީ އެ ގިފްޓް ވައުޗަރއިން އެ ކުންފުނީގެ ކޮންސްޓްރަކްޝަންސްގެ ކޮންމެ އައުޓްލެޓަކުން ވެސް 5000 ރުފިޔާގެ އަގުހުރި އިނާމެއް ލިބޭނެ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.