ދަރުވަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނަގައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، ދަރުވަމަންތަ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނެގީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އަދި ފަންކާތައް ވަގަށް ނަގާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖާއެކު އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މާލޭ މިސްކިތެއްގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނެގި މި މައްސަލަ ސަމާލުކަމަށް އައިސްފައިވާއިރު މީގެ ހަފުތާއެއް ކުރިން ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ވަނީ ގެއްލުން ދީފައެވެ. މިރޯދަ މަހު މިސްކިތްތަކަށް ގެއްލުންދިނުމުގެ މައްސަލަތައް އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.