1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރޭސް ސައިކަލަކުން ޖެހި އަނިޔާވި އުމުރުން ދުވަސްވީ މީހާގެ ހާލު ވަރަށް ސީރިއަސް

original_1711386318242.jpeg
އެކްސިޑެންޓުގައި މީހާގައިގައި ޖެހުނު ރޭސިންގ ސައިކަލު
މަރްޔަމް ޝަފާ ސައީދު
344ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރޭސް ސައިކަލަކުން ޖެހި އަނިޔާވި އުމުރުން ދުވަސްވީ މީހާގެ ހާލު ވަރަށް ބޮޑަށް ސީރިއަސް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އޮންލައިން ނޫސް "ވޮއިސް"އަށް އެކްސިޑެންޓުގައި އަނިޔާވި އުމުރުންދުވަސްވީ މީހާގެ ކާފަދަރިފުޅަކު މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގި ވަގުތު އޭނާއަށް އަޑުފަށްގަނޑެއް އިވިގެން ބެލްކަނިން ބަލާލިއިރު ކާފަ އެކްސިޑެންޓުވެފައި އޮތް މަންޒަރާއި ތެޅޭތަން ފެނުމުން ދުވެފައި އެދިމާއަށް ދިޔަކަމަށާއި އެމްބިއުލާންސަށް ގުޅައި ކަމާބެހޭ މުވައްސަސާތަކުން ލަސްވާތީ އެތަނުގައި ހުރި ބޭބެއަކު އަމިއްލައަށް އިސްވެ އެހީތެރިވެ އެމީހާގެ ވޭނުގައި ކާފަ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ހާދިސާ ހިނގިތަނުގައި ހުރެ ބާރަށް އަޑުލައިގަތުމުން އެތަނުން މީހަކު އައިސް ތިމަންނާ އަތުންނޭ އެކްސިޑެންޓުވީ ބުނުމުންއެމީހާއަށް އެތަނުން ނުދިއުމަށް ބުނި ކަމަށްވެސް ވޮއިސްއަށް މައުލޫމާތުދިން ކުއްޖާ ބުނެފައިވެއެވެ. އުމުރުން ދުވަސްވީ އެމީހާއަށް އަނިޔާވީ ހުޅުމާލޭގައި ރޭސިންގ ސައިކަލެއްގައި ޖެހިގެންނެވެ. މިއީ އުމުރުން 69 އަހަރުގެ ދިވެހިފިރިހެނެކެވެ.

ފާއިތުވި ހުކުރު ދުވަހުރޭ މި އެކްސިޑެންޓު ހިނގާފައިވަނީ އޭނާ ދިރިއުޅޭ ގެކައިރީގައި ހުންނަ ރަޝީދު މިސްކިތުން ތަރާވީސް ކޮށްގެން ގެއަށް އައި މަގުމަތީގައި ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. އަދި އޭނާ އެޑްމިޓް ކޮށްގެން ފަރުވާ ދެނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ވެސް ދަނީ ބުނަމުންނެވެ.

300 × 250

އެމީހާގެ ބޯ ފަސް އިންޗިއަށް ވުރެ ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި އޭނާގެ ސިކުނޑިއަށް ލޭ އެޅި، ފުއްޕާމެޔަށް ވެސް ގެއްލުން ލިބިފައިވާކަމަށް ބައެއް ނުސްތަކިގައި ވަނީ ބުނެފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވަނީ މި އެކްސިޑެންޓާ ގުޅިގެން 27 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި