ކުޅުދުއްފުށީ ސިޓީގެ ގެއެއްގައި އަލިފާން ރޯވެ، ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ އެ ގޭގައި ރޯވިކަމުގެ މައުލޫމާތު ހދ.ކުޅުދުއްފުށީ ފަޔާ ސްޓޭޝަނަށް ލިބުނީ މިއަދު މެންދުރުފަހު 1:17 ގައި ކަމަށެވެ. އެ މައުލޫމާތު ލިބުމާއެކު އެ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް،އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ 2:12 ހާއިރު ކަމަށާއި އެ ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އެ ގެއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.