1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަޖިލީހުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ރައީސް ހެންވޭރުގައި ދޮރުން ދޮރަށް

YYYY
ފޮޓޯ ސޯޝަލްމީޑިއ
މަރްޔަމް ޝަފާ ސައީދު
256ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސަރުކާރު ކޯލިޝަން ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ ދޮރުންދޮރަށް ކެމްޕޭން ހަރަކާތް މިއަދު ކުރިއަށް ގެންދާނީ ހެންވޭރު ދެކުނުގައި ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ހެންވޭރު ދެކުނުގެ ދާއިރާއަށް ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވަނީ ޢިމްރާން ލަތީފް އެވެ.

މި ކެމްޕޭން ހަރަކާތް ރައީސް ޑރ.މުއިއްޒު ފައްޓަވާނީ، މިއަދު މެންދުރު 13:45 ގައި ލޮނުޒިޔާރަތްމަގު، ސެނަހިޔާ ކަންމަތިންނެވެ.

300 × 250

މި ކެމްޕޭން ހަރަކާތުގެ ދަށުން ރައީސް މުއިއްޒު ވަނީ މީގެ ކުރިން ހެންވޭރު ހުޅަނގު ދާއިރާ އާއި ގަލޮޅު ދެކުނު ދާއިރާ އާއި މާފަންނު ހުޅަނގު ދާއިރާގެ އިތުރުން މައްޗަންގޮޅި އުތުރު ދާއިރާގެ ގެތަކަށް ވެސް ދޮރުން ދޮރަށް ހިންގަވާފައެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ޕީއެންސީގެ ޓިކެޓް ގައި 89 ކެންޑިޑޭޓަކު ވާދަކުރާއިރު، ތިން ދާއިރާއަކަށް ވާދަ ކުރާ ތިން ޕާޓީގެ ލީޑަރުންނަށް އެ ކޯލިޝަންގެ ތާއީދު ވަނީ ދީފައެވެ.

އެ ތިން ލީޑަރުންނަކީ، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް، އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އިތުރުން މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ.

މި އަންނަ މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 42 އަންހެނުންނާއި އަދި 326 ފިރިހެނުން ހިމެނޭހެން ޖުމްލަ 368 ކެންޑިޑޭޓަކު ވާދަކުރާއިރު، މި އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ އަދަދު 284،887 އަށް އަރައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި