1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ކަނޑައެޅިފައިވާ ގޮތަށް ބޭރުގެ ސިފައިން ދަނީ ފައިބަމުން، މެއި 10އެެއްގެ ފަހުން ބޭރުގެ ސިފައިން ނުތިބޭނެ: ރައީސް

ދޗ
ފޮޓޯ: ރައީސް ޑރ. މުހައްމަދު މުއިއްޒު - ވަގުތު އިމޭޖްސް:
މަރްޔަމް ޝަފާ ސައީދު
301ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކަނޑައެޅިފައިވާ ގޮތަށް ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފައިބަމުންދާ ކަމަށާއި މެއި 10 ވަނަ ދުވަހުގެ ފަހުން ރާއްޖޭގައި ބޭރުގެ ސިފައިން ނުތިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ މުއިއްޒު މިރޭ މާފަންނު ހުޅަނގު ދާއިރާގެ ސަރުކާރުގެ ކެންޑިޑޭޓް އަހްމަދު މުސްތަފާ މުހައްމަދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން

ރައީސް ވިދާޅުވީ ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމަށް ރައްޔިތުން ވަރަށް ގިނަ ކަންކަން ހަވާލުކޮށްފައިވާ ކަމަށެވެ. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ސަރުކާރުން ތެދުވެރިކަމާއެކު މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

300 × 250

ރައީސް ވިދާޅުވީ މެއި 10 ވަނަ ދުވަހުގެ ފަހުން ރާއްޖޭގައި ބޭރުގެ ސިފައިން ނުތިބޭނެ ކަމަށެވެ.

"ހަމަ ކަނޑައެޅިފައިވާ ގޮތަށް މެއި މަހުގެ 10 ވަނަ ދުވަސް އަންނަންވާއިރަށް ރާއްޖޭގައި ނުތިބޭނެ ބޭރުގެ ސިފައިންނެއް، މިހާރު އެއް ބެޗް ވަނީ ފައިބައިފައި ދެން އޭޕްރިލް މަސް ތެރޭގައި ދެވަނަ ޕްލެޓްފޯމްގައި ތިބި ސިފައިން ދާނެ އަދި ބަކީ ތިބި މީހުން ދާނެ. މި މަސައްކަތް ވެސް މިދަނީ ކާމިޔާބުވެގެން" ރައީސް ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ އަމިއްލަވަންތަކަން ޤާއިމުކުރުމަށް ސަރުކާރުން ފެށި މަސައްކަތްތައް ވެސް ދަނީ ކާމިޔާބުވަމުން ކަމަށާއި އެގޮތުން އެއަރއެންބިއުލާންސްގެ ހިދުމަތް ރައީސް ފާހަގަކުރެއްވިއެވެ.

އެހެން މީހުންނަށް ބަރޯސާވުން ރާއްޖެއިން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ނުކުރެވޭ ވަރުގެ ކަންކަމުގައި ބޭރުގެ އެހީ ވެސް ހޯދަންޖެހޭ ކަމަށާއި އެންމެންނާއި ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކުރި އެއްބަސްވުމުގެ ދަށުން އައްޑޫ ސިޓީގައި މިހާރު ތިބި އިންޑިއާ ސިފައިން ވަނީ ފޮނުވާލައިފައެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި