މާލޭގައި މީހެއްގެ އަތުން ފޭރުނު ދިވެހި އަންހެނަކު ހައްޔަރުކޮށްފިއެވެ. މިއަންހެންމީހާގެ ބަންދަށް މިއަދު ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ތިމަރަފުއްޓަށް ނިސްބަތްވާ 30 އަހަރުގެ އަންހެނެކެވެ. އޭނާއާ ގުޅޭ ކޯޓު އަމުރުގައި ބުނެފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެތީ އޭނާ ބަންދު ކުރަން އަމުރު ކުރިއިރު، އޭނާ ވަނީ އެ ތުހުމަތަަށް އިންކާރު ކޮށްފައެވެ. އެހެންނަމަވެސް ފުލުހުން ހުށަހަޅާފައިވާ ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާގެ ރިޕޯޓުގައި ހުރި ތަފްސީލުތަކަށް ބަލާއިރު، ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެެއެވެ. އޭނާ އަަކީ ހައްޔަރު އަދި ބަންދުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ބުނެފައި ވެއެވެ.