ރައީސް ޑރ މުހައްމަދު މުއިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅުތައް ރަނުން ރަނަށް ފުއްދަވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަރީޝް މިހެން ވިދާޅުވީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓް ގައި ނަރީޝް ވިދާޅުވީ 2023 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ޕްރޮގްރެސިވް ކޯލިޝަންގެ އެންމެ މަތިން އެންމެ ތިރިއަށް އިއްތިފާގުވެ ނެރުނު ކެންޑިޑޭޓް ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުން ވޯޓު އަޅައި، އެ ރައްޔިތުންގެ ވަލިއްޔުލްއަމްރަކަށް އިޙްތިޔާރު ކުރި ބޭފުޅާ ކަމަށެވެ. އަދި އެއީ ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން އެ ދެ ޕާޓީގެ ވެރިކަމެއް މިގައުމުގައި ބާއްވަން ބޭނުންވެގެން ގެނައި ވެރިކަމެއް ކަމަށް ވިދާޅުވިއެވެ.
އެ ވެރިކަން ދަމަހައްޓާ ނަގަހައްޓާނީވެސް ދެ ޕާޓީގެ މެމްބަރުން ކަމަށާއި އެފުރުސަތު ރައްޔިތުން ދޭނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ހޯދައިދީގެން ކަމަށް ނަރީޝް ވިދާޅުވިއެވެ.
ޕީޕީއެމް ޕީއެންސީގެ އާއްމު މެންބަރުން މަގުމަތިވާން ނޭދޭކަން ފާހަގަކުރައްވައި ނަރީޝް ވިދާޅުވީ ކުރިޔަށް އޮތް ފަސް އަހަރު ދިވެހީން އެދޭ މަގުގައި ދަތުރު ކުރަން ދިވެހީން ބޭނުންވާ ކަމަށެވެ.
ނަރީޝް އިތުރަށް ވިދާޅުވީ ސަރުކާރަށް ޖެއްސުން ކުރާ މަޖިލީހެއް ދިވެހީން ބޭނުމެއް ނުވާ ކަމަށާއި މަގުމަތިން ސަރުކާރު ވައްޓާލާކަށް ދިވެހީން ނޭދޭ ކަމަށެވެ. އަދި ދިވެހީން އެދެނީ ގައުމަށް ތިޔާގިކަމާއި ފާގަތިކަން އަދި ތަރައްގީއާއި ހަމަޖެހުން ކަމަށް ވިދާޅުވިއެވެ. ފިތުނައިގެ ކަނޑެއްގައި އަރަޤުވެގެން ދާކަށް ދިވެހީން ނޭދޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކަންކަން ހާސިލް ކުރުމަށް ރައީސް ޑރ. މުއިއްޒަށް އަދި ސަރުކާރަށް އެކަމުގައި މިވަގުތު ދިވެހި ރައްޔިތުންނަށް ވެދެވޭނެ އެއްމެ ބޮޑު އެހީތެރިކަމަކީ ސަރުކާރަށް މަޖިލީސް ނަގައިދިނުން ކަމަށް ނަރީޝް ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.