ދާންދޫއަށް މިހާރުން މިހާރަށް ބޭނުންވެފައިވާ ބޭންކިންގ ފެސިލިޓީގެ ހިދުމަތާއި ކޮނޑޭގެ ކަރަންޓު ނެޓްވޯކް އަދި ނިލަންދޫ ހެލްތުޕޯސްޓު 24 ގަޑިއިރަށް ބަދަލުވެގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންކަން ދެއްވާކަމަށް 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގައި ވާދަކުރައްވާ ސަރުކާރު ކެންޑިޑޭޓް، މުޙައްމަދު ފަޟީލު ވިދާޅުވެއްޖެއެވެ.
މުޙައްމަދު ފަޒީލު މިހެން ވިދާޅުވީ ރޭ ކުރިއަށް ގެންދިޔަ މަޖިިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ފަޟީލު ވިދާޅުވީ ދާންދޫދާއިރާގެ ތިން ރަށަށް ހިދުމަތް ކޮށްދެއްވުމަށްޓަކައި އޭނާ ވަނީ ކެތްމަދުވެލައްވާފައި ކަމަށާއި އޭނާ ކުރައްވަމުންގެންދަވާ ޕްލޭންތައް ކާމިޔާބުކޮށް، ތަރައްގީ ކުރިއަށް ގެންދިއުމުގައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބޭނެކަމާމެދު އެއްވެސް ޝައްކެއްނެތް މިންވަރަށް ޔަގީންކުރައްވާ ކަމަށެވެ،
"ރައްޔިތުންގެ ހާލަތު ބަދަލުވާން ޖެހޭ، ބާރެއްނެތް ވާގިދޫވެފައިވާ ތަނެއްހެން ދާންދޫ ދާއިރާ ދޫކޮށްލާކަށް ނެތިން، އެއްވެސް ރައްޔިތަކު ބޭނުންނުވާނެ، ދާއިރާގެ ތިންރަށުގެ ތަރައްގީއަށް އުފާވެރިކަން ގެނެސްދިނުމަށްވެސް ހުރި ފުރުސަތުތައް ފަސްޖެހުމަކަށް، އެހެންވީމަ ތިޔަބޭފުޅުން އެދޭގޮތަށް މަސައްކަތްކުުރާނީ ހުދު އަޅުގަނޑު މިހުރީ ތިޔަބޭފުޅުންނާއެކީ މަޖިލިހުގައި މިމަސައްކަތް ކުރަންކެތްމަދުވެފައި،" ފަޟީލް ވިދާޅުވިއެވެ.
"ދާންދޫ، ކޮނޑޭ އަދި ނިލަންދޫގެ ވޭތުވެދިޔަ 40 އަހަރު ނުކުރެވި ވަޅުޖެހިފައިވާ ރައްޔިތުންގެ އުއްމީދުތަކާއި ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސަވައިދެއްވުމަށްޓަކައި ގައުމީ ތަރައްގީ ޕްލޭނެއް އެކުލަވާލައްވައި އޭގެ ތެރެއިން އަޅުގަނޑުގެ ދާއިރާ އަށް ލިބެން ޖެހޭ ހައްގު މިންވަރު ހޯދައިދެއްވުމަށްޓަކައި އެކަން ރަނުންރަނަށް ކަށަވަރުކޮށްދެވޭނެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ކަމާމެދު އެއްވެސް ޝައްކެއްނެތް،"
"މަޖިލިހުގައި އަނގައެއް ތަޅައިގެން ކޮމިޓީތެރޭގައި ހެއްދެވި ނެހެއްދެވި އަށް ގޮވިޔަސް އެއްވެސް ކަމެއް ނުކުރެވޭނެ، ރައްޔިތުންގެ މަޖިލިހަކީ ވަގުން ހިފާ ތަނެއްނޫން، އަދި ވަގުން ހިފުމަކީވެސް މަޖިލިސް މެމްބަރުންގެ ޒިންމާއެއް ނޫން، ވަގު ހިފަން ގާނޫނު އަސާސީގައި ލާޒިމުކޮށްފައިވާ މުވައްސަސާތަކެއް އެބަހުރި، އެމުވައްސަސާތަކާ ދޭތެރޭގައި އަޅުގަނޑުމެންގެ އިތުބާރު އޮންނަންޖެހޭނެ، އެއިތުބާރު ނެތިއްޖެއްޔާ އަޅުގަނޑުމެންނަކީ މަޖިލިސް ގާނޫނު ހަދާ ބަޔަކަށް ނުވާނެ، މަޖިލިސް މެންބަރެއް ވެއްޖެއްޔާ އެމެންބަރަކު ޖެހޭނެ ގާނޫނު އަސާސީގައި ލިޔެވިފައިވާ ހުރިހާ ކަމަކަށް އިހުތިރާމް ކުރަން، އެ އިހުތިރާމް ނުކުރާ މީހުން ތިމަންނަމެން ވަގު ހިފާނަމޭ ބުނާާނީ، ވަގެއް އަޅުގަނޑުމެންނަކަށް ނުހިފޭނެ، އަޅުގަނޑުމެންނަށް ހެދޭނީ ގާނޫނު، އަޅުގަނޑުމެންނަކީ ސްޓޭޓްސްމަނުން، ގައުމީ ތަރައްގީގެ ޕްލޭނެއް ހަދާނީ އަޅުގަނޑުމެން، އަދި އެ ޕްލޭން ތަންފީޒު ކުރާނީ އަޅުގަނޑު ގަބޫލު ކުރާ ޔަގީން ކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނު މިމަސައްކަތް ކުރައްވާނެ ކަމާމެެދު އަޅުގަނޑުގެ އެއްވެސް ޝައްކެއް ނެތް،" ފަޟީލްގެ ވާހަކައިގައި ވިިދާޅުވިއެވެ.
ފަޒީލު ވިދާޅުވީ މަޖިލިހަކީ ވަގުންހިފާ ތަނެއް ނޫންކަމަށާއި އެއީ ގާނޫނު ހަދާ ތަނެއްކަމަށެވެ. އަދި ކޮންމެ މެންބަަރަކުވެސް ގާނޫނު އަސާސީގައިވާ ހުރިހާ ކަމަކަށްމެ އިހުތިރާމްކުރަން ޖެހޭނެކަމަށެވެ.
"20 ވަނަ ރައްޔިތުންގެ މަޖިލިހުގައި އަޅުގަނޑު ދާންދޫ ދާއިރާ ނިލަންދޫ ކޮނޑޭ، އެންމެހާ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް މިހާރު އޮތް ތާާއީދަށްވުރެ ބޮޑު ތާއީދެއް ހޯއްދަވައިދެއްވުން،" ފަޟީލް ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.