ރައީސް ޑރ މުއިއްޒަކީ ވައުދުތައް ފުއްދަވާ ބޭފުޅެއްކަން ގުރައިދޫދާއިރާގެ ރައްޔިތުން ގަބޫލުކުރާ ކަމަށް ގުރައިދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދު(ރުކުމާ) ވިދާޅުވެއްޖެއެވެ.
ޕީއެންސީ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދު(ރުކުމާ) މިހެން ވިދާޅުވީ ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރޭގެ ޖަލްސާގައި ރުކުމާ ވިދާޅުވީ ރައީސް ޑރ މުއިއްޒަކީ ވައުދުތައް ފުއްދަވާ ބޭފުޅެއްކަން ގުރައިދޫދާއިރާގެ ރައްޔިތުން ގަބޫލުކުރާ ކަމަށެެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވެވަޑައިގެންނެވި ވައުދު "އެންމެ ފުރަތަމަ ޒިޔާރަތް ކުރައްވާނީ އެންމެ ބޮޑު އިންސައްތަައެއް ލިބޭ ރަށަކަށް،" މިވައުދުފުޅު ފުރިހަމަކުރައްވަން ފުރަަަތަމަ ގުރައިދޫއަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަކީ ވައުދެއް ވެވަޑައިގެންފިނަމަ ފުއްދަވާ ބޭފުޅެއްކަން ހާމަވެ އެނގޭ ހެއްކެއްކަމަށް ރުކުމާ ވަނީ ވިދާޅުވެފައެވެ.
އަދި މިހާރު ހިނގަމުންދާ މަޖިލިހުގައި ސުޕަމެޖޯރިޓީ ނަގައިގެން ބަޔަކު ތިބ މިސަރުކާރަށް ޖެއްސުންކޮށް އުނދަގޫކުރަމުންދާތަން ފެންނަކަމަށާއި އެހެންކަމުން 20 ވަނަ ރައްޔިތުންގެ މަޖިލިހަކީ މި ސަރުކާރަށް އެއްބާރުލުންދޭ މަޖިލިހަކަށްވާން ބޭނުންވާކަން ހާމަކުރެއްވުމާއެކު އޭނާ ގަބޫލު ކުރާ ގޮތުގައި އޭނާގެ ދާއިރާގެ ރައްޔިތުން އެ އެއްބާރުލުން ދޭނެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށްވެސް ރުކުމާ ވިދާޅުވިއެވެ.
ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން ތ ގުރައިދޫ ދާއިރާއަށް ވެފައިނުވާ ވައުދުތަކެއް ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާކަން ފާހަގަކުރައްވައި ހަނާން މުހައްމަދު ވިދާޅުވީ ގުރައިދޫގައި އެއާޕޯޓަކާއި ހޮސްޕިޓަލެއް އެޅުމަށާއި އަދި ދިޔަމިގިއްޔާއި މަޑިފުށި ކޯޒްވޭއަކުން ގުޅާލުމާއި ގާދިއްފުށީގެ ބިންހިއްކުމުގެ މަޝްރޫއަކީ އެމަނިކުފާނުގެ ވައުދުތައް ކަމަށްވާއިރު މިކަންކަމަކީ މިދާއިރާގެ އެންމެހާ ރައްޔިތުން އިންތިހާއަށް ބޭނުންވެފައިވާ ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން ގުރައިދޫދާއިރާއިން ރައީސް ޑރ މުއިއްޒަށް ނޫނެކޭ ނުބުނާނެކަން ޔަގީންވާކަމަށްވެސް ރުކުމާ ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.