މިސަރުކާރުގެ ޕޮލިސީގައި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށާއި އެންމެ މުހިންމު އެއްކަމަކީ ޒުވާނުންނަށް ހާއްސަކޮށް ޖުމްލަކޮށް އުފެއްދުންތެރިކަމުގެ އެކިކަހަލަ މަސައްކަތް ކުރާ ބޭފުޅުންނަށް ކްރިއޭޓަރ އިކޮނޮމީއެއް ގާއިމުކޮށްދިނުންކަމަށާއި އެކަމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް ހަނާން މުހައްމަދު ރަޝީދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވަނީ ރިޔާސީ އިންތިޚާބުގައި ދެއްވި ތަރުހީބެކޭ އެއްގޮތަށް މަޖިލިސް އިންތިޚާބުން ވެސް އެންމެ މަތީ އިންސައްތައިން ކެންޑިޑޭޓަކު ހޮވާނީ ގުރައިދޫ ދާއިރާއިން ކަމަށެވެ. ރައީސް ވަނީ އެހެން ދާއިރާތަކުން ވެސް އެކަމަށް ޗެލެންޖް ކުރެއްވުމަށް އެދިވަޑައިގަންނަވައިފައެވެ. "ހުރިހާ ވައުދެއް ވެސް ހަނދާން އެބަހުރި، ފޮތުގައި ލިޔެފައިވަނީ، މިއަހަރުގެ ތެރޭގައި ހުރިހާ ކަމެއް ނުފެށޭނެ އެކަމަކު ވެސް ވައުދާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާނެ، ކަމެއް ފުރިހަމަ ކުރުމުގެ "އިންގްރީޑިއަންޓްސް" ހުންނަ ފަދައިން ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ވެސް ކުރިއަށްދާނީ އެއްބާރުލުން މަޖިލީހުން ލިބިގެން،" ރައީސް ވިދާޅުވިއެވެ. ރައްޔިތުން ނިންމީ ދިވެހީންގެ ރާއްޖެއެއް ބޭނުންވާކަން ކަމަށާއި ޤައުމުގެ އިޤްތިސާދު ނަގާ ކޮޅަށް ޖެހުމަށް ރައްޔިތުން ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރުގެ ތެރޭގައި ގިނަ ތަރައްޤީގެ މަސައްކަތްތައް އެކި ހިސާބުތަކުން އަމަލީ ގޮތުން ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ޑރ މުއިއްޒު ވިދާޅުވީ މިސަރުކާރުގެ ޕޮލިސީގައި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށާއި އެންމެ މުހިންމު އެއްކަމަކީ ޒުވާނުންނަށް ހާއްސަކޮށް ޖުމްލަކޮށް އުފެއްދުންތެރިކަމުގެ އެކިކަހަލަ މަސައްކަތް ކުރާ ބޭފުޅުންނަށް ކްރިއޭޓަރ އިކޮނޮމީއެއް ގާއިމުކޮށްދިނުންކަމުގައެވެ، އެގޮތުން އެބޭފުޅަކު ހުރިތާކުން އެބޭފުޅެއްގެ ހުނަރު ބޭނުންކޮށްގެން ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ޕެއިމެންޓްގޭޓްވެއިގެ ފުރިހަމަ ނިޒާމެއްގެ ތެރެއިން ދުނިޔޭގައި ހުރި އެކިކަހަލަ ޕްލެޓްފޯމްތަކުގެ ބޭނުންކޮށްގެން ސެލަރއެކައުންޓްް ކްރިއޭޓްކޮށް ތަކެތި ވިއްކައި ގަނެ އާމްދަނީ ހޯދޭނެ ގޮތްތައް އަމިއްލަ މުއްސަނދިކަން ހޯދޭނެ ގޮތްތައް ގާއިމުކޮށްދިނުން އެއީ އެމަނިކުފާނު ވެވަޑައިގެންނެވި އެއް ވައުދު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޒުވާނުންނަށް އެކަން ފުރިހަމަކޮށްދިނުމުގެ މަސައްކަތް އޮތީ ފެށިފައިކަމަށާއި އެމަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ގާނޫނީ ގޮތުންވެސް ފަހިކުރަން ޖެހޭ މަޖިލިސްތެރެއިން، މަޖިލިހުގެ ދައުރުއޮތް އެކިކަންކަން ހުރިކަމަށްވާތީ ރައްޔިތުންގެމަޖިލިސް އެއީ ރައްޔިތުންގެ ކަންކަން ސަރުކާރަކުން ރައްޔިތުންނަށް ފުރިހަމަކޮށްދިނުމަށް ހަމައެންމެ މުހިންމު އެއްކަން ކަމުގައެެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންކަން، ފުރިހަމަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް އޮތުން މުހިންމު ކަމަށެވެ.

ތ. އަތޮޅަށް އެކަށީގެންވާ ސަމާލުކަން ނުދެވި އޮތް އޮތުން ނިމުމަކަށް ގެނެސް، އެ އަތޮޅު ތަރައްޤީގެ "ރާޑަރަށް" ގެންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި ޖަލްސާގައި ރައީސް ވަނީ ތ. ގުރައިދޫގެ އެއަރޕޯޓްގެ އަމަލީ މަސައްކަތް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ފައްޓަވާނެ ކަމަށް ވިދާޅުވެފައެވެ.