ކެނދިކުޅުދޫ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން އިސްނަގައިގެން، ފަލަޞްޠީނުގެ ގާޒާގައި ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދީފިއެވެ.
ގާޒާގައިވާ ރައްޔިތުންނަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީއިން ހުޅުވާފައިވާ "ގާޒާ އެމަރޖެންސީ ރިލީފް" ފަންޑަށް އެހީވުމުގެ ގޮތުން، ކެނދިކުޅުދޫ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން އިސްނަގައިގެން، 47،670 ރުފިޔާ ހަދިޔާ ކޮށްފިއެވެ.
ކެނދިކުޅޫދޫ ސުކޫލުން އެހީ ފޮނުވާފައިވަނީ، މި ރަމަޟާން މަހު ގާޒާގައި ޙާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް 681 އިފްޠާރު ޕެކު ފޮނުވުމަށެވެ.
ނިރުބަވެރި އިސްރާއީލުން މެދުކެނޑުމެއްނެތި ފަލަސްތީނަށް ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން އެތައް ބަޔަކު ދަނީ ގެދޮރު ނެތިވެ، ހައިހޫނުކަންމަތީގައި ޝަހީދުވަމުންނެވެ. ކާނެ އެއްޗެއް ނުލިބި މި ރަމަޟާން މަހުވެސް ފަލަސްޠީނުގެ އެތައް ރައްޔިތުންނެއް ވަނީ ދުނިޔެ ދޫކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.