ރޭ ބޭއްވުނު ޕީޕީއެމް/ޕީއެންސީގެ ޖަލްސާގައި، ޕީޕީއެމް/ޕީއެންސީ މަގުމަތިކުރަން ރައީސް ޔާމިން އުޅުއްވާކަމަށް ވިދާޅުވެ އަބުދުއްރަހީމް ދެއްކެވި ވާހަކަތައް ދޮގުކުރައްވައި، ހަގީގަތާ އެއްގޮތަށް ފެކްޓުން ވާހަކަދައްކަވަން ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމު ވިދާޅުވި ވިދާޅުވުމަށް ރައްދުދެއްވައި ފާއިތުވި ރިޔާސީ އިންތިޚާބުގައި ކަން ހިނގައިދިޔަ ގޮތުން ޓައިމްލައިންއެއް އަބުދުއްރަހީމް، އަދުރޭ ހާމަކޮށްފިއެވެ.
އަބުދުއްރަހީމް މިއަދު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ.މުޙައްމަދުމުޢިއްޒު (މިހާރުގެ ރައީސުލްޖުމްހޫރިއްޔާ) ރިޔާސީ އިންތިޚާބުގައި ވާދަ ކުރަށްވަން އީސީއަށް ފޯރމް ހުށަހެޅުއްވީ 7 އޯގަސްޓް 2023 ގައި ކަމުގައެވެ. އަދި ރައީސް ޔާމީން ސޮއި ކުރައްވާ، އެ މަނިކުފާނުގެ ގާނޫނީ ޓީމު ފޮނުއްވައިގެން އިސް ވަކީލު (ޑރ. ޖަމީލް) 2 ޕާޓީގެ ސެނެޓަށް އިއްވެވި ނޯޓަކުން އިންތިޚާބް ބޮއިކަޓް ކުރަން އެންގެވީ 6 އޯގަސްޓް 2023 ގައި ކަމަށް އަދުރޭގެ އެކްސް ޕޯސްޓުގައި ވެއެވެ.
އެގޮތުން ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރީވެސް 6 އޯގަސްޓް 2023 ގައިކަން ފާހަގަ ކުރައްވަމުން އަދުރޭ ވަނީ ޕީއެންސީ އިން ރިޔާސީ ކެނޑިޑޭޓަކު ދައްކަން އެންގެވި އެންގެވުމަކީ އިޚްލާޞްތެރި ނިޔަތެއް އޮވެގެން އެންގެވި އެންގެވުމެއް ނަމަ ސްޕްރީމް ކޯޓްގެ ޙުކުމާ ގުޅިގެން ޕީޕީއެމް/ޕީއެންސީ އިން ރިޔާސީ އިންތިޚާބް ބޮއިކަޓްކުރަން އެންގެވުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.