އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ އާންމު ހިއްސާދާރުން ތަމްސީލްކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެމްޓީސީސީގެ މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލައި ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރަކު އިންތިހާބުކުރަން ޖެހޭ ކަމަށެވެ.
މި މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިމަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އީމެއިލް، companysecretary@mtcc.com.mv އަށް އީމެއިލް ކުރަން ޖެހޭނެ ކަމަށެވެ.
އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަހަޅުއްވާ ފަރާތްތައް، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮމިނޭޓިންގ އެންޑް ރެމިއުނެރޭޝަން ކޮމެޓީއިން އިވެލުއޭޓް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އެ މަގާމަށް ނޮމިނޭޓްވާ ފަރާތްތަކުގެ މައުލޫމާތު ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅައި، މަގާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާކަމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމަވާ ފަރާތްތަކުގެ މައުލޫމާތު، އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ ކުރިން ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި އާންމުކޮށް އިއުލާން ކުރާނެ އެވެ. މި މަގާމަށް ޑިރެކްޓަރުން އިންތިހާބުކުރާނީ މިއަހަރު ބާއްވާ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.