ފުވައްމަލަކުގައި ޕާކް ކޮށްފައި އޮތް ލޯޑަރެެއްގައި ޖެހި ނުރައްކާތެރި އިތުރު އެކްސިޑެންޓެއް މިރޭ ހިނގައިފިއެވެ.
އިއްޔެވެސް ފުވައްމުލަކުގައި ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. އެ ހާދިސާ ހިނގަން މެދުވެރިވީ ސައިކަލެއް ކޮންޓްރޯލްނުވެ ޒިބްރާކްރޮސް ދަޑީގައި ޖެހިގެން ކަމަށްވެސް ފުލުހުން ބުނެއެވެ. އެ އެކްސިޑެންޓްގައި އަނިޔާވި މީހާ އަށް ފުރަތަމަ ފަރުވާދިނީ ފުވައްމަލަކު ހޮސްޕިޓަލުގައެވެ. ނަމަވެސް އިތުރުފަރުވާ އަށް ވަނީ މާލެ ގެނެވިފައެވެ.
އަނިޔާވެފައިވަނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށްވެސް ފުލުހުން ބުނެއެވެ.
މިރޭގެ އެކްސިޑެންޓްގައިވެސް އަނިޔާވެފައިވަނީ ފިރިހެނަކަށެވެ. މި އެކްސިޑެންޓް ވެސް ހިނގާފައިވަނީ ބާރު ސުޕީޑްގައި ދުއްވުމުގެ ސަބަބުންނެވެ. ރަމަޝާންމަހުގައި އެކްސިޑެންތައް މަދުކުރުމަށް ފުލުހުން ހާއްސަ ފިޔަވަޅުތައް އަޅާފައިވެއެވެ. ނަމަވެސް އެކްސިޑެންޓްތައް ހިނގަމުން އަންނައަިރު، ސިނަމާލެ ބުރިޖގައިވެސް ވަނީ ފުލުހެއްގެ ގަޔަށް ކޮންޓްރޯލް ނުވެ ދުއްވި ކާރެއްވެސް އަރާފައެވެ.
ފުލުހުން ބުނީ ބާރަށް ދުއްވުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓްތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.