1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވައްކަން ކުރީ ބަނޑުހައިވެގެން ކަމަށް ބުނި މީހާ، ކޯޓުން ދޫކޮށްލައިފި

po
ފޮޓޯ: ކްރިމިނަލްކޯޓް/ޕީއެސްއެމް
މަރްޔަމް ޝަފާ ސައީދު
306ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފިހާރައަކުން ވައްކަންކުރި އަންހެނަކު، ބަނޑުހައިވެގެންކަމަށް ބުނުމުން، ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށެ ގެންގޮސްފައިވަނީ 41 އަހަރުގެ އަންހެނެކެވެ.

މި އަންހެންމީހާ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިދިނުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުގެ މުއްދަތުކޮމިޓީން ވަނީ ޝަރުތުތަކަކާއެކު މިމީހާ ދޫކޮށްލާފައެވެ.

300 × 250

ބަންދުން ދޫކޮށްލިކަމުގެ ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާ ވައްކަންކުރީ ވަރަށް ދަތިހާލަތުގައި އުޅެމުންދާތީކަމަށް އޭނާ ބުނެފައިވާ ކަމަށެވެ. އަދި ކާނެ އެއްޗެއްވެސް ނެތުުމުގެ ސަބަބުން އިތުރު ބޮޑު ކުށަކަށް އަރައިނުގަތުމަށް ކުރިކަމެއް ކަމަށްވެސް އޭނާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

މީގެ އިތުރުން، އޭނާ ވައްކަންކުރި ތަކެތި އަނބުރާ ފިހާރައަށް ހަވާލުކޮށް ފިހާރައިގެ މީހުންގެ ކިބައިން މާފަށް އެދިފައިވާ ކަމަށްވެސް އޭނާ ބުނެފައިވާކަމަށް ކޯޓު އަމުރުގައިވެއެވެ.

މި ފަހަކަށް އައިސް، ވައްކަމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް މި ރޯދަމަހު ވައްކަމުގެ އެކިވަރުގެ ކުށްތައް ވަނީ ފެންމަތިވެފައެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ މިސްކިތްތަކުން ކޮށްފައިވާ ވައްކަންތަކެވެ. އަދި މި ރޯދަމަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ޓްރާސްފޯމަރުން ވައްކަން ކުރަން އުޅުން ހާމަވެފައިވަނިކޮށް އޭގެ ތެރެއިން އެކަކު ވައްކަން ކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ވަނީ މަރުވެފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި