1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަރުކާރު ހުއްޓުމަކަށް ގެނުވާނެ ބާރު މަޖިލިހަށް ލިބިގެންވޭ. ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން މުހިންމު: ރައީސް

678
ފޮޓޯ ރައީސްއޮފީސް
މަރްޔަމް ޝަފާ ސައީދު
319ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސަރުކާރު ހުއްޓުމަކަށް ގެނެވޭނެ ބާރު ރައްޔިތުންގެ މަޖިލިހަށް ލިބިގެންްވާ ކަމަަށާއި އެހެންކަމުން ސަރުކާރަށް އެއްބާރުލުން ދޭނެ މެންބަރުން ވަރަށްވެސް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދުމުއިއްޒު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މާފަންނު ދެކުނު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް، އަބްދުﷲ ރިފާއު (ބޮޗޭ)ގެ ކެމްޕޭން ހަރަކާތުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މާލޭގައި ވަރަށް ހާލުގައި ދިރިއުޅޭ ރައްޔިތުންތަކެއް ތިބި ކަމަށާއި އެހެންކަމުން ހާލުގައި އުޅޭ ރައްޔިތުންނަށް ބޭނުންވެފައިވާ ގޯތިގެދޮރުގެ މައްސަލަ ސަރުކާރުން ހައްލުކުރުމުގައި ވެސް ނަގަން ޖެހޭ ލޯނުތައް ހުންނާނެ ކަމަށެވެ.

"ސީދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން ކުރަން ޖެހޭ ކަންކަން ހުންނާނެ. ގާނޫނުތައް ފާސްކުރަން ޖެހޭ ކަންކަން އެބަހުރި. އެހެންވީމާ މިހެން ގޮސް މަޖިލީހުގެ ދައުރު ވަރަށް ބޮޑަށް ހިމެނޭ ކަމެއް ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމަކީ. އެކަން ކުރެވޭނީ ވެސް އެކަމަށް މަގުފަހިކޮށްދޭނެ މެންބަރުން ތިބެގެން. މިދިޔަ ހަތަރު މަސް ތެރޭގައި މަޖިލިސް ބޭނުންކޮށްގެން ސަރުކާރަށް އެކި ކަންކަމުގައި ހުރަސް ކުރިމަތިކުރުވި ގޮތަށް ކުރިމަތިކުރަން ފަސް އަހަރު ދީގެން މާލޭގެ ރައްޔިތުން އަމިއްލައަށް މަގުމަތިވުން ކަހަލަ ކަމަކަށް ވެދާނެ ކަމަށް އަޅުގަނޑަށް ފެންނަނީ، އެގޮތަށް އެކަން ހިނގައްޖެއްޔާ،" އެމަނިކުފާނު ވިދާޅުވިއެވެ.

300 × 250

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުން ބޭނުންވާނީ މާލެއަށް ބޭނުންވާ ގޯތިގެދޮރުގެ މައްސަލަ އާއި އިޖުތިމާއީ ގޮތުން ހައްލުވާން ހުރި ކަންކަން ހައްލުވުމަށް ކަމަށާއި މަގުތައް ހެދި، ޕާކިންގެ މައްސަލަ ހައްލުވެ، މުޅި މާލެ ސިޓީއަށް ހަމަޖެހުން އަންނަން މާލޭގެ ރައްޔިތުން ބޭނުންވާނެ ކަމަށެވެ. އަދި އެކަންކަން ކުރެވޭނީ އެކަންކަމަށް ސަރުކާރުގެ ތެރެއިން ކުރަން ހުރި ކަންކަމަށް މަޖިލީހުގެ ދައުރު އަދާކޮށްދޭނެ ބަޔަކު ތިބެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މަޖިލީހާ ނުލައި ސަރުކާރު ހިންގޭނެ ނިޒާމެއް ނޫން ރާއްޖޭގެ ދުސްތޫރު ހެދިފައި އޮތް ގޮތުން އޮތީކީ. އެހެންވީމާ މި އިންތިހާބުގައި އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެގެން މި މަސައްކަތް ކުރައްވަންވީ. އޭރުން އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އަމަލީގޮތުން ފެނިގެންދާނީ މިކަންކަން ވެގެންދާ ތަން. އަމަލީގޮތުން މިއަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެނިގެންދާނެ އަމަލީ މަސައްކަތް، ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް ފެށިގެންދާ ތަނާއި ލުއި ލޯނުތައް ދޫކުރަން ފަށާ ތަނާއި ހުރިހާ ކަމެއް. އެކަމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް އެ ދަނީ ބާރު ސްޕީޑުގައި ކުރިއަށް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ގުޅިފަޅު، ގިރާވަރުފަޅު، ހުޅުމާލެ އަދި ރަސްމާލެ ތަރައްގީކުރުމުގެ މަސައްކަތާ އެކީގައި މާލެ ސިޓީގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ގޯތިގެދޮރުގެ މައްސަލަ މި ފަސް އަހަރު ނިމޭއިރު އެއްކޮށް ހައްލުކުރައްވާނެ ކަމަށާއި އެކަން ވެގެންދާނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށެވެ. އަދި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ނުލިބެންޏާ، ކުރިމަތިކުރެވޭނެ އެތައް ހުރަހެއް އެބަހުރިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި