ގއ ވިލިނގިލީގައި އިންޓަރނޭޝަނަލް އެއާޕޯޓެއް ހެދުުމަށް ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށްޓަކައިި ސޮއިކުރަންޖެހޭ އެންމެ ފުރަަތަމަ އެއްބަސްވުމުގައި ސޮއިކޮށްފައިވާކަމަށާއި އަދި އޭގެ ދަށުން އެ އެއާޕޯޓާއި އެއާޕޯޓާ ގުޅުންހުރި މަޝްރޫއުތައް އަމަލީ ގޮތުން ތަންފީޒުކުރުމުގެ ބައިބައިގެ އެއްބަސްވުމުގައި ސޮއިކުރުން ބާރު ސްޕީޑުގައި ކުރިއަށް އެބަދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ގއ ވިލިނގިލީ ދާއިރާގެ ޕީއެންސީ ކެންޑިޑޭޓް މުހައްމަދު ޔަޒްމީދުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ެަަރައީސް ޑރ މުއިއްޒު ރޭގެ ޖަލްސާގައި ވާހަކަފުޅު ފެއްޓެވީ ބަރަކާތްތެރި ރަމަޟާން މަހުގެ ހާއްސަކޮށް މި ކުރިއަށްދާ ފަހުދިހައެއްގެ ހެޔޮދުއާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމުންނެވެ. ރައީސް ވިދާޅުވީ އިންތިހާބު ބޯމަތިވެއްޖެކަމަށާއި ވަރަށް ގާތްވެއްޖެކަމަަށެވެ. ރައީސް ވިދާޅުވީ ކުރަން ޖެހޭ މަސައްކަތްތައް އިތުރު ހަރުފަތްތަކަކަށް ގެންދަންްޖެހޭ ކަމަށާއި މި އިންތިހާބަކީ ދާއިރާތަކުގެ ރަށްތަކުގެ އަތޮޅުތަކުގެ ސިޓީތަކުގެ ތަރައްގީއަށްޓަކައި ކުރަން ހުރި ގިނަގުނަމަސައްކަތްތައް ކުރުމުގެ ވިސްނުމުގައި ފިކުރުގައި ތިއްބެވި ބޭފުޅުން ހޮއްވެވުމުގައި ހުރިހާ ރައްޔިތުންވެސް އެންމެން އެކަތިގަނޑަކަށް ވާންވީ އިންތިހާބު ކަމުގައެވެ. މިކަމުގައި އެންމެން އެއްބައިވެ ގައުމުގެ މަސްލަހަތާއި ދާއިރާތަކުގެ ރަށްތަކުގެ މަސްލަހަތު އިސްކުރަން ޖެހޭ ކަމަށާއި އެގޮތް އިސްކޮށްގެން އެކުވެރިކަމާއެކުގައި މަސައްކަތް ކުރުމަކީ އިންތިހާބު ކާމިޔާބުކުރުމުގައި މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ވިލިނގިލީގެ ތަރައްގީއަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ގިނަގުނަ ވައުދުތަކުގެ ވާހަކަ ހަނދުމަފުޅު ކުރައްވަމުން ރައީސް ވިދާޅުވީ އެވައުދުފުޅުތަކުގެ ތެރެއިން އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދުފުޅު ކަމަށްވާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ވައުދުފުޅު ފުއްދުމަށްޓަކައިި ސޮއިކުރަންޖެހޭ އެންމެ ފުރަަތަމަ އެއްބަސްވުމުގައި، އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި ވާނީ ސޮއިކުރެވިފައި ކަމަށެވެ. އަދި އޭގެ ދަށުން ދެން އަންނާނީ އަމަލީ ގޮތުން އެ އެއާޕޯޓާއި އެއާޕޯޓާ ގުޅިގެން ހެދިގެންދާނެ އެކިއެކި އިންޓަގްރޭޓެޑް ޓޫރިޒަމްގެ އެކިކަހަލަ ތަރައްގީގެ މަޝްރޫއުތައް އަމަލީ ގޮތުން ތަންފީޒުކުރުމުގެ ބައިބައިގެ އެއްބަސްވުމުގައި ސޮއިކުރުން ކަމުގައާއި އެކަން ނުހަނު ބާރު ސްޕީޑުގައި ކުރިއަށް އެބަދާ ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކުގައި އެހެން ވައުދުފުޅުތަކެއްވެސް ވެވަޑައިގެންފައިވާނެ ކަމަށާއި އޭގެ ތެރޭގައި ސިިއްހީދާއިރާ، ކުޅިވަރުގެ ދާއިރާ، ތައުލީމީ ދާއިރާ، އުމްރާނީ ތަރައްގީ، އެކި ސިނާއަތްތަކުގެ ވައުދުތައް ޖުމްލަކޮށް މުޅިރަށުގެ ތަަރައްގީއަށް ވަޒީފާގެ ކުރިއެރުމާއި ގެދޮރުވެރިކަމާއި ހުރިހާ ކަމަކާ ގުޅިފައިވާ ވަރަށް ގިނަ ވައދުފުޅުތަކެއް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ފުރިހަމަކުރުމަށްޓަކައި ރައްޔިތުންގެ މަޖިިލިހުގެ ދައުރު ވަރަށް ބޮޑުކަމަށާއި މިކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހާ ނުލައި ކުރިއަށް ނުދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
"ހަމަމިއާއެކު މިނޫންވެސް ވަރަށް ގިނަ ވައުދުތައް އަޅުގަނޑު ވާނީ ވެފައި، ސިިއްހީދާއިރާ، ކުޅިވަރުގެ ދާއިރާ، ތައުލީމީ ދާއިރާ، އުމްރާނީ ތަރައްގީ، އެކި ސިނާއަތްތަކުގެ ވައުދުތައް ޖުމްލަކޮށް މުޅިރަށުގެ ތަަރައްގީއަށް ވަޒީފާގެ ކުރިއެރުމާއި ގެދޮރުވެރިކަމާއި ހުރިހާ ކަމަކާ ގުޅިފައިވާ ވަރަށް ގިނަ ވައުދުތައް، މިކަންކަން ފުރިހަމަކުރުމަށްޓަކައި ރައްޔިތުންގެ މަޖިިލިހުގެ ދައުރު ވަރަށް ބޮޑުވާނެ، މިކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހާ ނުލައި ކުރިއަށް ނުދެވޭނެ." ރައީސް ވިދާޅުވިއެވެ،
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.