ހުޅުމާލޭގައި ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހެއްގެ ބޮލަށް ފިތުރޯނުގަހެއް ވެއްޓިއްޖެއެވެ،
މިހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ފިތުރޯނުމަގުގައި ފެރީޓާމިނަލް ކައިރީގައެވެ. އެމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި އިން މީހެއްގެ ބޮލަށް ގަސް ވެއްޓުމާއެކު މީހާ ވަނީ ޒަހަމްވެފައެވެ،
މިމަންޒަރު ދުށް މީހުން ހުވަދޫނޫހަށް މައުލޫމާތު ދެމުން ބުނީގަސް ވެއްޓުނީ ސީދާ ދުއްވާފައި އައިސައިކަލު މައްޗަށް ކަމަށެެވެ. އެހެންކަމުން ސީދާ ދުއްވަން އިން މީހާގެ ގަޔަށް ގަސް ވަނީ ވެއްޓި އެމީހާ ވަނީ ޒަހަމްވެފައިކަމަށްވެއެވެ.
ފޮޓޯ: ހުވަދޫމީޑިޔާ
ސައިކަލުގައި ތިބީ ދެފިރިހެނުން ކަމަށާއި އެދެމީހުންވެސް ވަނީ ވަގުތުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ، ހާދިސާ ހިނގި ސަރަަހައްދުގައި މަގުމަތީގައި ލޭ ހުރި ކަމަށާއި، ސައިކަލު އޮތީ އެއްކޮށް ހަލާކުވެފައިކަމަށްވެއެވެ.
މިމަގަކީ ހުޅުމާލޭގެ އެންމެ މައި އެއްމަގެވެ. މަގުން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ކުރިންވެސް މިފަދަ ކަންކަން ދިމާވެފައިވާ ނަސީބު ރަނގަޅުކަމުން ސަލާމަތްވެފައިވާ މަގެކެވެ. މިދިިޔަ އަހަރުވެސް މިފަދަ ހާދިސާއެއް ދިމާވިއިރު އެދިމާލުން ވަނީ ކާރެއް ހުރަސްކޮށްފައެވެ. ކާރު ހުރަސްކޮށްލި ވަގުތު ގަހެއްގެ ގޮފިގަނޑު ކަޑައިގެން ވެއްޓުނެވެ، އެނޫންވެސް ކިތަންމެ ފަހަރަކު މިމަގުން ގަހުގެ ގޮފިތައް ކަނޑައިގެން ވެއްޓުމުގެ ހާދިސާތައް ދިމާވެ މަގުބަންދުކުރަން ޖެހުނެވެ.
2023 ވަނަ އަހަރު ޖުލައި މަހު5 ވަނަދުވަހު ފިތުރޯނުމަގު، އިރުއޮއްސުނުގަޑީގައި ގަސްވެއްޓުމުން،މަގުބަންދުކޮށްފައި....ފޮޓޯ:ޝަފާ
މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ އިރުއޮއްސުނުވަގުތު ފިތުރޯނުމަގުގައި ގަހެއް ވެއްޓުމުން މަގު އޮތީ އެރޭ ބަންދުކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.