1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ވޯޓު ކަރުދާހުގައި ޖައްސަވާ ފާހަގައަކީ މިގައުމުގެ ހަމަޖެހުމާއި ތަރައްގީ އަދި ރައްކާތެރިކަމަށްޓަކައި ޖައްސަވާ ފާހަގައަކަށް ހައްދަވާ: ރައީސް

ދޗނ
ފޮޓޯ: ވަގުތު
މަރްޔަމް ޝަފާ ސައީދު
251ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

21 އޭޕްރީލްގައި ވޯޓު ކަރުދާހުގައި ކޮންމެ ދިވެއްސަކު ވެސް ޖަހާ ފާހަގައަކީ، މި ދިވެހި ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށާއި ގައުމުގެ ތަރައްގީ ހޯދުމަށާއި ގައުމުގެ ރައްކާތެރިކަން ޔަގީންކުރުމަށް ދެއްވާ ފާހަގައަކަށް ހައްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރައީސް މިގޮތަށް އެދިވަޑައިގެންނެވީ ރޭ ބޭއްވު، ޕީއެންސީގެ ޓިކެޓްގައި އޭދަފުށި ދާއިރާއަށް ކުރިމަތިލައްވާ، އެދާއިރާގެ މިހާރުގެވެސް މެމްބަރު ސަލީމްގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެ.

"ވޯޓު ކަރުދާހުގައި 21 އޭޕްރީލްގައި ޖަހާ ފާހަގައަކީ ތަރައްގީގެ ފާހަގައަކަށް ހައްދަވަން ޖެހެނީ، ގައުމުގެ ހަމަޖެހުމަށް ޖައްސަވާ ފާހަގައަކަށް ހައްދަވަން އެބަޖެހޭ، ގައުމަށް ހަމަޖެހުން ގެންނަން ވައުދުވީ އެހެންނަމަވެސް ނެވަރއެންޑިން ސައިކަލެއްގެ ތެރޭގައި، އަބަދާއިއަބަދު ދެކޮޅުހެދުމާއި އަނިޔާވެރިކަމާއި ބަދަލުހިފުމާ މިކަންކަން ހިނގާކަށް އަޅުގަނޑު ބޭނުމެއް ނޫން، އެ ރޫހު ނައްތާލަން އެބަޖެހޭ، އެރޫހު ގެންގުޅޭ މީހުންނަށް ފުރުސަތު ދެއްވާނެކަމެއްނެތް."  ރައީސް ވިދާޅުވިއެބެ.

300 × 250

މިހާރުވެސް ބައެއް ޕޯޑިއަމްތަކުންނާއި މައިކުތަކުން ފެންނަނީ އެކަކަށް ނުވިކަންތައް ދެން ހުރި މީހާ ކުރަންޏާ އެކަން ހުއްޓުވަން އުޅޭތަން ފެންނަކަމަށާއި މިއީ ކަން ހިނގަން ޖެހޭ ގޮތް ނޫންކަންފާހަގަކުރައްވައި ރައީސް ވިދާޅުވީ އެންމެން އެކަތިގަނޑަކަށް ވާންވީ ކަމަށާއި 21 އޭޕްރީލްގައި ޖަހާ ފާހަގައަކީ ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ޖައްސަވާ ފާހަގައަކަށް ހެދުމަށެވެ.

ގައުމުގެ މުސްތަގުބަލް ގައުމުގެ މިނިވަންކަން ގެއްލިގެން ދަނިކޮށް ދިވެހިންގެ އަތްމައްޗަށް ގެނައި އެމިނިވަންކަން ގެނައިކަމަށާއި އެކަން ގަބޫލުނުކުރެވި، އިދިކޮޅުފަރާތްތަކުން ކުރިމަތި ކުރަނީ ކުރީގަ އޮތް އަޅުވެތިކަމަށް ގެންދަން ބޭނުންވެގެން ކަމަށް ރައީސް ވިދާޅުވިއެވެ، ރައީސް ވިދާޅުވީ މިދިޔަ 4 މަހު ތެރޭގައި ބޭރުސިފައިން ފޮނުވާލުމަށް ކުރި މަަސައްކަތާއި އިގުތިސާދީ ސަރަހައްދު އަމިއްލައަށް ބެލެހެއްޓޭ ކެޕޭސިޓީ ޑްރޯން ގެނެސް ގާއިމުކޮށްފައިވާނޭކަަމަށާއި، ކޮންމެ ވަގުތަކުވެސް ބަލިމީހުން އުފުލުމަށް އެއަރއެމްބިއުލާންސް ގާއިމުކޮށްފައިވާކަމަށާއި، މިގައުމުގައި އުފެއްދެންހުރި ހުރިހާ ކާބޯތަކެތި އުފެއްދޭނެ ބިޔަ ޕްރޮޖެކްޓް އޮތީ ފެށިފައި ކަމަށެވެ. 21 އޭޕްރީލްގައި ޖަހާ ފާހަގައަކީ، އަމިއްލަވަންތަ، އަދި އަމިއްލަ މިނިވަން ގައުމެއްގެ އިހުސާސް ކުރުމުގެ މަސައްކަތުގެ ނަތީޖާ ނެރުމުގެ ތެރެއިން ފެންނަމުންދާއިރު އެއަށް ދެއްވާ އެއްބާރުލުމަކަށް ފާހަގައަކަށް ހަދަންޖެހޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ގައުމުގެ ހަމަޖެހުން ގާއިމުކުރުމަށާއި ގައުމުގެ ތަރައްގީ ހޯދުމަށާއި ގައުމުގެ ރައްކާތެރިކަން ޔަގީންކުރުމަށް ދެއްވާ ފާހަގަ 21 އޭޕްރީލްގައި ފާހަަގަ ހައްދަވައިދެއްވުމަށް ރައީސް ވަނީ ތަކުރާރުކޮށް އެެދިވަޑައިގެންފައެވެ. މިތިން ކަންތައް ކުރަން ޕީއެންސީގެ ކެންޑިޑޭޓުން ތައްޔާރަށް ތިބިކަމަށާއި އެއީ މިސަރުކާރުގެ ފަލްސަފާކަމަށާއި އަދި ސިޔާސަތު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި