ލޭންޑްޔޫސް ޕްލޭން އަށް ބަދަލާއިއެކު ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރަން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތް ކަމަށްވާތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
މި ޚިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ.
މިގޮތުން ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލް ވެސް އެމިނިސްޓްރީން ހާމަ ކޮށްފައި ވެއެވެ.
1250 އަކަފޫޓްހގެ 1193 ގޯތި
1650 އަކަފޫޓްގެ 663 ގޯތި
2050 އަކަފޫޓްގެ 487 ގޯތި
2045 އަކަފޫޓްގެ 478 ގޯތި
1250 އަކަފޫޓުގެ 1993ގޯތި
އެ މިނިސްޓްރީން ބުނީ ގިރާވަރުފަޅުން ދެންނެވިފައިވާ ސައިޒަށް ގޯތި ލިބިފައިވާ ފަރާތްތަކުން 7 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން 14 އޭޕްރީލް 2024 ވާ އާދިއްތަ ދުވަހުގެ 23:00 ގެ ނިޔަލަށް ހިޔާވަހި ޕޯޓަލް އަށް ރިކުއެސްޓް ކޮށް ގޯތި ބަދަލު ކުރުމަށް އެދެވޭނެ ކަމަށެވެ.
މީގެ އިތުރުން ގޯތި ބަދަލުކުރަން އެދޭއިރު، ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންކަމަށާއި، މި ގުރުއަތު ނެގުން އޮންނާނެ ތާރީޚެއް އެ މިނިސްޓްރީން އާންމުކޮށް އިޢުލާނެކުރާނެކަމަށް ވެސް ބުނެފައި ވެއެވެ.
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން މި މިނިސްޓްރީގެ ވެބްސައިޓްގައާއި ހިޔާވަހި ޕޯޓަލްގައި އާންމުކޮށްފައިވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.