1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އީދު އަލިން ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ދިއްލައި، ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން ހުޅުވައިފި

fr44
ސިޓީތަކާއި ވެރިކަން ކުރާ ރައްތައް ފިޠުރު އީދަށް ދިއްލުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން—ފޮޓޯ:ރައީސްއޮފީސް
މަރްޔަމް ޝަފާ ސައީދު
294ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ސިޓީތަކާއި އިދާރީ ދާއިރާގެ މަރުކަޒީ ރަށްތަކުގައި އީދު އަލި ދިއްލާ، ޖުމްހޫރީ މައިދާނުގެ ފައްވާރާ ނުވަތަ ފެންއަރުވާ ވަޑާން އަލުން ހުޅުވައިފިއެވެ. ސިޓީތަކާއި އިދާރީ ދާއިރާގެ މަރުކަޒީ ރަށްތަކުގައި އީދު އަލި ދިއްލާ، ޖުމްހޫރީ މައިދާނުގެ ފައްވާރާ ނުވަތަ ފެންއަރުވާ ވަޑާން އަލުން ހުޅުއްވައިދެއްވީ ޖުމްހޫރީ މައިދާނުގައި މިރޭ އޮތް ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޖުމްހޫރީ މައިދާނުގައި ހުންނަ މި ފެންއަރުވާ ވަޑާން ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ.

33ސިޓީތަކާއި ވެރިކަން ކުރާ ރައްތައް ފިޠުރު އީދަށް ދިއްލުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން—ފޮޓޯ:ރައީސްއޮފީސް

ޖުމްހޫރީ މައިދާނަށް ބަދަލުތަކެއް ގެނެސް އެތަނުގައި ފެން އަރުވާ ވަޑާމެއް ހަދާ ހުޅުވީ ރާއްޖެއަށް މިނިވަންކަން ލިބުންތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ. ނަމަވެސް ވެރިކަން ބަދަލުވި ފަހުން ސަރުކާރުން އެތަން ނުބެލެހެއްޓުމުގެ ސަބަބުން އެތަނުގެ ބައެއް ތަކެތި ހުރީ ހަލާކު ވެފައެވެ. މިއުޒިކާ އެއް ހަމަޔަކަށް ފެން އަރުވާ އެ ފެންއަރުވާ ވަޑާން ބަލައިލުމަށް ކުރިން ގިނަ ބަޔަކު ޒިޔާރަތް ކުރިއެވެ. އޭރު ކުޑަކުދިންގެ މެދުގައި ވެސް އެއީ ވަރަށް މަގުބޫލު ތަނަކަށް ވިއެވެ.

300 × 250
34

ސިޓީތަކާއި ވެރިކަން ކުރާ ރައްތައް ފިޠުރު އީދަށް ދިއްލުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން—ފޮޓޯ:ރައީސްއޮފީސް

ސިޓީތަކާއި ވެރިކަން ކުރާ ރައްތައް ފިޠުރު އީދަށް ދިއްލުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން— ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

އެމްޓީސީސީން 5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާފައިވާ މި ފެންއަރުވާ ވަޑާމަކީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު ތަނެކެވެ. މޮނިއުމެންޓް އޮފް ޔުނިޓީ ދައްކުވައިދޭ ބިނާއެއްގެ ގޮތުގައި މިތަން ހަދާފައިވަނީ އެތަނަށް އެރި ފެނުގެ ތެރޭގައި ކުޑަކުދިންނަށް ކުޅެލަން ފުރުސަތު ލިބޭ ގޮތަށެވެ. މީގެއިތުރުން އީދަށް ސިޓީތަކާއި ވެރިކަން ކުރާ ރަށްތައް ބޮކިތަކުން ދިއްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރައްވަމުންގެންދަވާ މަސައްކަތެކެވެ.

ސިޓީތަކާއި ވެރިކަން ކުރާ ރައްތައް ފިޠުރު އީދަށް ދިއްލުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން—ފޮޓޯ:ރައީސްއޮފީސްސިޓީތަކާއި ވެރިކަން ކުރާ ރައްތައް ފިޠުރު އީދަށް ދިއްލުމަށް ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން، ޖުމްހޫރީމައިދާނުގައި ހުރި ފެންއަރުވާ ވަޑާން ހުޅުވުން—ފޮޓޯ:ރައީސްއޮފީސް

މި އަހަރުގެ ފިތުރު އީދުގައި ރާއްޖޭގެ ހުރިހާ ސިޓީތަކާއި އަތޮޅު ކައުންސިލް އިދާރާ ގާއިމުވެފައިވާ ހުރިހާ ރަށެއް ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ. ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކުލަގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށެވެ. އެހެންކަމުން އެ ވައުދުފުޅު ފުއްދެވުމަށް މި އަހަރަށް އީދަށް ބޮޑު ބަޖެޓެއް ވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން 50 މިލިއަން ރުފިޔާ އީދު ފާހަގަކުރުމަށް ބަޖެޓްގައި ހިމަނާފައިވެއެވެ.  

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި