ރޭގައި ޣިޔާސުއްދީން ސްކޫލްގައި އެސްއޯ ފުލުހުން ޙަރަކާތްތެރިވި މައްސަލައިގެ ތަހުގީގީ ރިޕޯޓް މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަރުވާފައިވާ ކަމަށާއި ފެނިވަޑައިގަންނަވާ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ މިއަދު ހެނދުނު ރައްޔިތުންނާ އީދު ސަލާމް ކުރެއްވުމަށް ފަހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ޣިޔާސުއްދީން ސްކޫލް ކައިރީގައި ހިނގައި ދިޔަ ކަންކަމާ މެދުވަރަށް ބޮޑަށް ހިތާމަ ކުރައްވާކަން ފާހަގަ ކުރައްވައި ރައިސް ވިދާޅުވީ، އެންމެ ފަހުން ފުލުހުންނާ ބައްދަލު ކުރައްވައި އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ވެސް ދެއްވި އިރުޝާދަކީ ސިޔާސީ ގޮތުން މީހަކަށް އަނިޔާއެއް ނޫނީ ގޯނާއެއް ކުރާކަށް ނާންގަވާނެ ވާހަކަ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ލެވެލްއަކުން އެކަން ނުހިނގާނެ ކަމަށާއި އެކަމެއް ހިނގައިފި ނަމަ، އެމަނިކުފާނު އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމެއް ކަން ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނީ ރައީސް އެދިވަޑައިގެންފައިވާ ތަހްގީގް ރިޕޯޓް އެމަނިކުފާނަށް މިހާރު ލިބިވަޑައިގެންފައިވާ ކަމަށެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.