ޖީއެޗްސީ އާއި ބޮއްކުރާގެ ކުޑަަޢީދު ގައްދޫ ރަސްފަންނުގައި މިފަހަރު ބޮޑުކޮށް ފާހަގަ ކުރަން ނިންމައިފިއެވެ.
ގދ. ގައްދޫ ގައި މި އަހަރުގެ ކުޑަ ޢީދު ފާހަގަ ކުރުމަށް އާންމުކޮށް ހުޅުވާލުމުން ގައްދޫ ސިއްޚީ މަރުކަޒު (ޖީއެޗްސީ) އާއި ބޮއްކުރާ ޖަމްޢިއްޔާއިން ޕްރަޕޯސަލް ކާމިޔާބު ކޮށް ގައްދޫގައި ކުލަގަދަކޮށް ޢީދު ފާހަގަ ކުރަން ވަނީ ނިންމާފައެވެ.
ގައްދޫ ސިއްހީ މަރުކަޒުގެ މީޑިއާ ކޯޑިނޭޓާރ އާމިނަތު ރަޝީދާ ހުވަދޫ މީޑިއާއަށް ވިދާޅުވީ މިއީ ޖީ.އެޗް.ސީ ރެކްރިއޭޝަން ކްލަބާއާއި ކްލަބް ބޮއްކުރާ ގުޅިގެން ދުނިޔޭގެ ސިއްހަތު ދުވަހާއި، އަދި ފިތުރު އީދު ދުވަހަށް ހާއްސަކޮށްގެން، ކުރިއަށްދެވޭ ކުޅިވަރު ހަރަކާތެއް ކަމަށެވެ. ގައްދޫ ރަސްފަންނުގައި މިފަހަރު ބޮޑުކޮށް ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ކޯޑިކެނޑުން، ފައިގަތަޅާ މުބާރާތް ބަށި މުބާރާތް، ކަރޯކޭ މުބާރާތް، ބައިސްކަލް ރޭސް، އޮބްސްޓްކަލް ރޭސް، އީދުފެން ކުލަ ކުޅިވަރު، ބޮސް ޓޯނަމެންޓް، ރެންޑަމް ކުޅިވަރުތަކާއި ވާ ދެމުމާއި، ގޯނި ރޭސް، އަދި ޓްރެޝާރ ހަންޓްގެ ކުޅިވަރުތައް ވެސް ކުރިއަށްދާނެ ކަމަށ ރަޝީދާ ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.