ސަރުކާރުގެ ނުވަ ކުންފުންޏެއް އުވާލަން ނިންމައި، އެކަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ. އެގޮތުން އެމިނިސްޓްރީން އިއުލާންކޮށްފައިވާ ލިކުއިޑޭޝަން ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި މަސް ބަންދުކުރާ ކާރުހާނާ ހުންނަ ކޫއްޑޫ ފިޝެރީސް މޯލްޑިވްސް ލިމިޓެޑް އާއި ފެލިވަރު ފިޝަރީސް ހިމެނެއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ ހިންގުމަށް އުފައްދާފައިވާ މޯލްޑިވެސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ބަނދަރާއި މަގު ހެދުން ފަދަ އުމްރާނީ މަސައްކަތްތައް ކުރާގޮތް ބަލަން އުފައްދާފައިވާ ވޯކްސް ކޯޕަރޭޝަންވެސް ހިމެނެއެވެ.
އެ ލިސްޓުގައި ދެން ހިމެނެނީ މަޑިވަރު ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާއި ގަން އެއާޕޯޓު ކޮމްޕެނީ އާއި މޯލްޑިވިސް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި ހަޒާނާ މޯލްޑިވްސް އާއި ނެޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީއެވެ.
ސަރުކާރު ހިއްސާވާ 31 ކުންފުންޏެއް ހިންގާއިރު ފައިދާ ވަނީ މަދު ކުންފުންޏަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.