އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން، ދުނިޔޭގެ އެންމެ ވަރުގަދަ އެއް ނިއުކްލިއާ ބާރު ކަމުގައިވާ އީރާނުން އިސްރާއީލަށް ހަމަލާދޭން ފެށުމާއި ގުޅިގެން ދުނިޔޭގެ މުޅި އިސްލާމީ އުއްމަތް އެކުމުގެ އުފަލުގައި ބައިވެރިވެ އީރާނަށް ތައުރީފް އޮއްސާލައިފިއެވެ.
އީރާނުން އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުންވަނީ ޔަގީންކޮށްދީފައެވެ.
އިރާނުން އިސްރާއީލަށް ހަމަލާދޭން ފަށާނެކަމުގެ މައުލޫމާތު މިއަދު ލިބުމާއި އެކު ޔަހޫދީ އަސްކަރިއްޔާ ވަނީ ފުލް އެލާޓަށް ގެނެސްފައި އެވެ.
އިޒްރޭލުގެ ޓީވީތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން އިޒްރޭލަށް ފޮނުވާލާފައިވާ ކޮންމެ ޑްރޯންއެއްގައި ވެސް 20 ކިލޯއަށްވިރެ ގިނަ ގޮވާތަކެތި ހުރި ކަމަށް ވަނީ އެގައުމުގެ އަސްކަރިއްޔާއަށް މައުލޫމާތު ލިބިފައި އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.