އީރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތަށް މިހާރުން މިހާރަށް ހުއްޓާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން އީރާނަށް ގޮވާލައްވައިފިއެވެ.
އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ވަނީ އީރާނުން އިސްރާއީލަށް ދިން ހަމަލާގައި އެތައް ޑްރޯން އަކާއި މިސައިލްތަކެއް ފޮނުވާލާފައިވާއިރު، އެ ހަމަލާއަކީ ފަރުވާ ކުޑަ ހަމަލާއެއް ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިފަކުރައްވާފައެވެ.
https://twitter.com/David_Cameron/status/1779266507404399014
އީރާނުން އިސްރާއީލަށް ދެމުންދާ ހަމަލާތައް ސީދާގޮތެއްގައި އިނގިރޭސިން ނުހުއްޓުވި ކަމުގައި ވިޔަސް ނުސީދާގޮތެއްގައި، ޑްރޯން ހަމަލާތައް ހުއްޓުވުމަށް ރާވަމުންދާކަމުގައި ރިޕޯޓުތައް ވަނީ ބުނެފައެވެ.
އިނގިރޭސިވިލާތުން އީރާނުގެ ޑްރޯންތައް ހުއްޓުވުމުގެ ބޭނުމުގައި އެކްޓިވްކޮށް އެސެޓްތައް ބަހައްޓަމުން ނުދާ ކަމަށާއި، ނަމަވެސް އިރާގާއި ސީރިއާ އަދި ލުބްނާނުގައި އައިއެސްއާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުން އަލުން ޑިޕްލޮއިކޮށްފައިވާ އެމެރިކާގެ އެސެޓްތަކަށް ބެކްފިލް ފޯރުކޮށްދެމުން އަންނަ ކަމަށް މައުލޫމާތު ލިބިފައިވާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.