1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މުލީ އިހުތިސާސް ތެރޭ ބޯހުރާ ހިމަނައިފި

Boahuraa
މުލީ އިހުތިސާސް ތެރޭ ބޯހުރާ ކަނޑައަޅައިފި
އައިޝަތު އަންޖަަލް
387ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މުލީ އިހުތިސާސް ތެރޭ ބޯހުރާ ހިމަނައިފިއެވެ.

މ. މުއްޔާ އިންވެގެން އޮންނަ ބޯހުރާ އެ ރަށުގެ އިހުތިސޯސްގެ ތެރޭ ހިމަނާ، ބޯހުރާ އަކީ މުލީގެ ބައެއްގެ ގޮތުގައި ކަނޑައަޅައިފއެވެ.

މުލީގެ އިހުތިސޯސަށް ބަދަލު ގެނެސް އާންމު ކުރީ މިއަދު އެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ މިކަން ނިންމާ ގަރާރަކުން ގެނައި ބަދެލެކެވެ.

300 × 250

މުލީގެ އިހުތިސޯސްގެ ތެރޭ ބޯހުރާ ހިމެނުނުއިރު އެރަށަކީ  2016 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުން މުލީގެ ބައެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށެކެވެ.

މިރަށް ރައީސް ޞާލިޙުގެ ސަރުކާރުން 2019 ވަނަ އަހަރު ރިސޯޓް ތަރައްޤީކުރުމަށް ހުޅުވާލި ރަށްތަކުގެ ލިސްޓުގައި ވަނީ ހިމަނާފައެވެ. އަދި އޭރު މުލީ އިހުތިސާސްތެރެއިން އެ ރަށް ވަނީ އުނި ކޮށްފައެވެ.

މިހާރު އަނެއްކާވެސް އެރަށް މުލީގެ ބައެއްގެ ގޮތުގައި ހަމަޖެހުނުއިރު، މިއީ މުލީ ރައްޔިތުން މި ރަށް އިހުތިސާސަށް ވެއްދުމައްޓަކާއި، 2019 ވަނަ އަހަރުއްސުރެ ސަރުކަރުގައި އެދެމުން އައިސްފައިވާ ކަމެކެވެ. ބޯހުރާ އޮންނަނީ މުލީއާއި އެއް ފަޅެއްގައެވެ. އެއީ މުލީ މީހުން  ދަތުރުގޮސް ހެދުމަށާއި، ރާޅާ އެޅުމަށް ވެސް ހާއްސަކޮށްް ބޭނުންކުރާ ރަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި