20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި ކުރި ދާއިރާ ތަކުގެ ތެރެއިން، ހުވަދު އަތޮޅު ދެކުނުބުރިން ސަރުކާރަށް ހަމައެކަނި ގެއްލުނީ ތިނަދޫ ދެކުނު ދާއިރާ ކަމަށް އިންތިހާބުގެ ވަގުތީ ނަތީއްޖާއިން ދައްކައިފިއެވެ. އިއްޔެ ކުރިއަށްްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާއަށް 5 ކެންޑިޑޭޓަކު ވާދަކޮށްފައިވެއެވެ. އެއީ ސަރުކާރު ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުގެ އިތުރުން އަމިއްލަ ގޮތުން ތިން ކެންޑިޑޭޓެކެވެ. މިއިންތިހާބު ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި މުޙައްމަދު އަލްސަން އަހުމަދެވެ.މި ގޮނޑި ގެއްލުމާއި އެކު ގދ އަތޮޅުން ސަރުކާރަށް ހަމައެކަނި ގެއްލުނީ ތިނަދޫ ދެކުނު ދާއިރާއެވެ. އެހެނިހެން ހުރިހާ ދާއިރާތަކެއް ސަރުކާރުގެ ކެންޑިޑޭޓުންވަނީ ކާމިޔާބު ކޮށްފައެވެ. އެންމެ ވާދަވެރި އެއްދާއިރާ ކަމުގައިވާ ގައްދޫ ދާއިރާވެސް ކާމިޔާބު ކުރެއްވީ ސަރުކާރުގެ ކެންޑިޑޭޓް މުހައްމަދު އަލީއެވެ. މުހައްމަދު އަލީއާއި އެކު ވާދަކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަދި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދުއެވެ. މިހާރު ވަގުތީ ނަތީއްޖާ ދައްކާގޮތުން، ގއ އަތޮޅުންވެސް ސަރުކާރަށް ގެއްލުނީ ހަމައެކަނި ވިލިގިލީ ދާއިރާއެވެ. އެހެންނަމަވެސް ވިލިގިލީ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކޮށް ކާމިޔާބު ކުރެއްވި އާޒިމް އަބްދުލް އަޒީޒް ކެމްޕެއިން ކުރައްވަމުން ގެންދެވީ ޕީޕީއެމް ޕީއެންސީގެ ލޯގޯ ޖަހައިގެންނެވެ. މިދާއިރާއަށް ވާދަކުރެއްވި މިހާރުގެވެސް މެމްބަރު ސައުދު ހުސެއިން ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެހިފައެވެ.
ހުވަދު އަތޮޅު ދެކުނުބުރިން ސަރުކާރަށް ހަމައެކަނި ގެއްލުނީ ތިނަދޫ ދެކުނު ދާއިރާ!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.