ވިހި ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް އަސްމާ ރަޝީދު (އަސްމާއްތަ) މަޖިލިސް ގޮނޑި ކާމިޔާބު ކުރައްވައިފިއެވެ.

އަސްމާއްތަ އެ ދައިރާގެ ގޮނޑި ކަށަވަރު ކުރައްވާފައިވާފައިވާއިރު، މާފަންނު މެދު ދާއިރާގެ މިހާރު މެމްބަރުކަން ކުރައްވަމުން އަންނަނީ އިބްރާހިމް ރަޝީދު (ބޮންޑެ) އެވެ.

އަސްމާއްތައަށް ގޮނޑި ކަށަވަރުވެފައިވުމުން ބޮންޑެއަށް ވަނީ ދާއިރާގެ ގޮނޑި ގެއްލިގައެވެ.

އަސްމާގެ އިތުރުން އެ ދާއިރާއަށް ކުރިމަތިލައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ޖަވާދު އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު މުހައްމަދު ރިޔާޒު އަބޫބަކުރާއި، އައިމިނަތު ހަސަން، އަދި ލަބީޤް މުހައްމަދު މާހިދުގެ އިތުރުން މުހައްމަދު މައިޒަރު އާދަމް ޒާހިރެވެ.

އަސްމާވަނީ 18 ވަނަ މަޖިލީހުގައި މީގެ ކުރިންވެސް މާފަންނު މެދު ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ.