1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ނިންމާލައިފި

saer
މިހާރު އޮތް 19ވަނަ ރައްޔިތުންގެ މަޖިލިސް ރައީސް އަސްލަމް
މަރްޔަމް ޝަފާ ސައީދު
245ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ނިންމާލައިފި އެވެ.

މިއަދު ހެނދުނު 9 ޖަހާއިރު ފެށި ޖަލްސާގެ ކޯރަމް ހަމަނުވެގެން 30 މިނެޓަށް ޖަލްސާ މެދުކަނޑާލުމަށް ފަހު، 9:30 ގައި ޖަލްސާ ނިންމާލީ އެ ވަގުތުގެ ތެރޭގައި ވެސް ކޯރަމް ހަމަނުވެގެންނެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި ނ. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް އާ ސުވާލު ކުރުމަށް ހިމަނާފައިވެ އެވެ.

300 × 250

އޭނާއާ ސުވާލުކުރައްވަން ހުށަހަޅުއްވާފައި އޮތީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ އެވެ.

މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު ނިމޭނީ މެއި 15، ގަ އެވެ. މަޖިލީހުގެ އާ މެމްބަރުން ހުވާކުރުމުގެ ރަސްމިއްްޔާތު އޮންނާނީ މެއި 28، ގަ އެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި