މިއަހަރު މިހާތަނަށް ރާއްޖެއަށް 700،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ޓޫރިޒަމް މިނިސްޓްރޫގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 728،950 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. އެއީ ފާއިތުވިއަހަރުގެ މި މުމުއްދަތާ އަޅާބަލާއިރު 13 އިންސަައްތައިގެ ކުރިއެރުމެކެެވެ. ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ 644،721 ފަތުރުވެރިންނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން މިހާރު ޒިޔާރަތްކުރާ ގައުމަކީ ޗައިނާއެވެ. ދެން ލިސްޓުގެ އެންމެ ކުރީގައި އޮތީ އިނގިރޭސިވިލާތާއި ރަޝިއާއެވެ.

އަހަރުގެ މިހާތަނަށް ވަކިވަކި މަސްމަހުގައި ފަތުރުވެރިން ޒިޔާރްތްކުރި އަދަދު:
* ޖަނަވަރީ: 192،385 ފަތުރުވެރިން * ފެބްރުއަރީ: 217،392 ފަތުރުވެރިން * މާރިޗު: 194،227 ފަތުރުވެރިން * އޭޕްރީލް 21 ގެ ނިޔަލަށް: 124،946 ފަތުރުވެރިން
ވަކިވަކި ޤައުމުތަކުން ފަތުރުވެރިން އަންނަ އަދަދަށް ބަލާއިރުވެސް މިއަހަރު ތެރޭގައި ބޮޑު ބަދަލުތަކެއް ވަނީ އައިސްފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމުގެ ތެރޭގައި ހިމެނެނީ: ޗައިނާ: 77،709 ފަތުރުވެރިން އިނގިރޭސިވިލާތް: 72،635 ފަތުރުވެރިން ރަޝިއާ: 72،336 ފަތުރުވެރިން އިޓަލީވިލާތް: 66،170 ފަތުރުވެރިން ޖަރުމަނުވިލާތް: 57،321 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6451 ފަތުރުވެރިން އާދެއެވެ. އަދި އެވްރެޖްކޮށް ފަތުރުވެރިން ރާއްޖޭގައި 7.9 ދުވަސް ހޭދަކުރެއެވެ.
ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 62،232 އެނދު ވަނީ ނެރެފައެވެ. މީގެތެރޭގައި ރިސޯޓްތަކާއި، ހޮޓެލްތަކާއި، ގެސްޓްހައުސް އަދި ސަފާރީތައްވެސް ހިމެނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.