މިއަހަރުގެ އަޟުހާ އީދު ފާހަގަ ކުރަން ބޭނުންވާ ރަށްރަށުން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީ އަށް އީދު ފާހަގަކުރުމަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފިއެވެ.

ގައުމިިއްޔަތު މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީ އާއި ގުޅިގެން މިއަހަރުގެ އަޟްހާ އީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރަށްރަށުން ހުޅުވައިލާ ޕްރޮޕޯސަލް ތަކުގެ ތެރެއިން މިނިސްޓްރީން ފުރުސަތު ދޭނެ ރަށް ކަނޑައަޅާނީ އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރައްވާނެ ހަރަދުތަކާއި، އަދި އަގެއް ނުނަގާ އެ ރަށަކުން ކޮށްދޭނެ ކަންތަތަކަށް ބަލައިގެން ކަމަށް ވެސް އިއުލާނުގައިވެއެވެ.

އެގޮތުން މިނިސްޓްރީ އާއި ގުޅިގެން ތިން ރަށެއްގައި މިއަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ވަނީ ނިންމާފައެވެ. މި ތިން ރަށް ކަނޑައަޅާނީ މިނިސްޓްރީ އަށް ހުށައެޅޭ އެންމެ ރަނގަޅު ޕްރޮޕޯޒަލް އެއް ބެލުމަށްފަހު ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެހެންކަމުން މި ކަމަށް ޝައުގުވެރިވާ ރަށްތަކުން މެއި 9 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯޒަލް events@mdlch.gov.mv އަށް އީމެއިލް ކުރުމަށް މިނިސްޓްރީން ވަނީ އެދިފައިއެވެ.