1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ވިޔަފާރި

ވަޒީފާދޭ ފަރާތްތަކުގެ ޓްރޭޑް ޔޫނިއަންތަކާއި މަސައްކަތްތެރިންގެ ވަގުތީ ދަފްތަރެއް އެކުލަވާލަނީ!

work
މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރި ވަނީ-- ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލްރިވިއު
މަރްޔަމް ޝަފާ ސައީދު
357ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ ވަގުތީ ދަފްތަރު އެކުލަވައިލުމަށް ނިންމައި، ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިގޮތަށް ކަންތައް ނިންމީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުންނެވެ.

ހަޔަރ އެޑިޔުކޭޝަނުން ކުރި އިއުލާނެއްގައި ބުނީ، އިންޑަސްޓްރިއަލް ރިލޭޝަންސް އާގުޅޭ ގާނޫނު ގައި ވާގޮތުން، އެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތައް ރަޖިސްޓަރީކުރާނީ، އަދި ރަޖިސްޓްރޭޝަނާ ގުޅޭގޮތުން ޢަމަލުކުރާނީ، އެ ގނޫނުގައިވާ ގޮތުގެމަތިން ކަމަށެވެ.

300 × 250

މިނިސްޓްރީން ބުނީ، އެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގެ (2) ގައިވާ ގޮތުން، އެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔޫނިއަންތަކުގެ ދަފްތަރު އެކުލަވައިލަން ޖެހޭ ކަމަށެވެ.

އެގޮތުން، ޖަމްޢިއްޔާތަކުގެ ޤާނޫނު ގެދަށުން ރަޖިސްޓަރީކޮށްގެން މިހާރު ހަރަކާތްތެރިވާ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް، ޓްރޭޑް ޔޫނިއަންގެ ގޮތުގައި އިންޑަސްޓްރިއަލް ރިލޭޝަންސްއާގުޅޭ ޤާނޫނު ގެ ދަށުން ހަރަކާތްތެރިވުމަށް ފުރުސަތުދިނުމަށްޓަކައި ވަގުތީ ދަފުތަރެއް އެކުލަވައިލަން ބޭނުންވާކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އެހެންކަމުން މިނިސްޓްރީން ވަނީ ރާއްޖޭގައި މިހާރު ޙަރަކާތްތެރިވާ އެފަދަ ޖަމްޢިއްޔާތަކާއި ޖަމާޢަތްތައް، ވަގުތީ ދަފްތަރުގައި ހިމެނުމަށްޓަކައި އެ ފަރާތްތަކުން، https://forms.gle މި ލިންކުގައިވާ ފޯމު ފުރުމަށް އެދިފައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި