ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ގެންދަވަނިކޮށް ނިޔާވި އައިޖީއެމްއެޗްގެ ކުރީގެ ސާޖިކަލް މެޑިކަލް އޮފިސަރު ޑރ. އައިމިނަތު ރަމްޝާ މައްޗަށް މިއަދު ހުކުރު ނަމާދަށްފަހު ޢައިބަށް ކަށު ނަމާދުކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ފަރުވާ ހޯއްދަވަމުން ގެންދެވި ރަމްޝާ ނިޔާވީ އުމުރުން 42 އަހަރުގައި އިއްޔެގެ ވަގުތެއްގައެވެ. ރަމްޝާގެ މައްޗަށް ޢައިބަށް ކަށުނަމާދު ކުރާނީ މާދަމާގެ ހުކުުރު ނަމާދަށް ފަހު މަލިކި ސަލްމާން (ސަލްމާން މިސްކިތް) ގައެވެ.

ކެންސަރު ބަލީގައި ޑރ. ރަމްޝާ ނިޔާވިއިރު، އޭނާ އަކީ ކެންސާ ސޮސައިޓީގެ ބޯޑު މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި މީހެކެވެ. އަދި އޭނާ ވަނީ ބެންކޮކުގެ ބައެއް ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކޮށްފައެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުވެސް ވަނީ ރަމްޝާ ނިޔާވުމާއި ގުޅިގެން އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސްގެ