މާލޭސިޓީގެ މަގުމައްޗަށް ކުނިއަޅާކަން ފާހަގަ ކުރެވިގެން ކައުންސިލުން ހޯދި މީހާ ފުލުހުންނާ ހަވާލުކޮށްފި އެވެ.
ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލެ ސިޓީ މަގުތަކަށް ކުނި އަޅާކަން ފާހަގަ ކުރެވިގެން ސިޓީ ކައުންސިލުން ހޯދައިބެލުމުން އެއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝްގެ ރައްޔިތެއް ކަން އެނގުނު ކަމާއި އެމިހާ މިހާރު ވަނީ ފުލުހުންނާއި ހަވާލުކުރެވިފައި ކަމަށެވެ.
ފުލުހުން ބުނީ އިމިގްރޭޝަނާ ގުޅިގެން އެބިދޭސީ މީހާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މާލޭ މަގުތަކަށް ކުނި އެޅުމުގެ މައްސަލައަކީ ހައްލު ކުރުމަށް އެންމެ ދަތި ވެފައިވާ އެއްމައްސަލައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.