1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

ތަރުކާރީގެ ރަސްގެފާނާއި, ރާނީ އަކީ ކޮބައިކަން އެނގޭތަ!

cauliflower-vs-broccoli
ތަފާތު ދެކުލައެއް ނަމަވެސް ގިނަގުނަ ފައިދާތަކެއް އެކުލެވޭ ތަރުކާރީއެއް: ފޮޓޯ:ގޫގުލް
ރިޝާނާ ޢަބްދުލްއަޒީޒް
546ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އާއްމުކޮށް ތަރުކާރީގެ " ރަސްގެފާނު އަދި " ރާނީ" ގެ ނަމުން ނަން ދެވިފައިވާ ތަރުކާރީ ތަކަކީ ބްރޮކޮލީ ( ރަސްގެފާނު ) އާއި ކޯލީފުލާވަރ ( ރާނީ ) އެވެ. މިއީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ދެބާވަތެއްގެ ތަރުކާރީ އެވެ.

ބްރޮކޮލީ:

ބްރޮކޮލީ އަކީ ކެލްސިއަމްގެ މިންވަރު މަތި ތަރުކާރީއެއް ކަމުން އެ ބޭނުންކުރުމުން  ކަށިތައް ވަރުގަދަކޮށް ބެހެއްޓުމާއި އޮސްޓިއޯޕްރޮސިސް އިން ރައްކާތެރިވުމަށް އެހީވެދެއެވެ. ކަށީގެ ސިއްޙަތަށް ބޭނުންތެރި މާއްދާއެއް ކަމަށްވާ ވިޓަމިން ކޭ އެކުލެވިގެން ވެއެވެ. ބްރޮކޮލީ އަކީ ކެލަރީ މަދު ފައިބަރ ގިނަ ތަރުކާރީއެއްކަމުން ބަރުދަން ލުއިކުރުމަށް މުހިއްމު ރޯލެއް އަދާކުރައެވެ.

300 × 250

ކޯލީފްލާވަރ:

ކޮލީފްލާވަރ އަކީ  ފައިދާހުރި އާދަޔާ ހިލާފަށް ގިނައިން ނިއުޓްރިއެންޓް އެކުލެވޭ ކާނާއެކެވެ. އާންމުކޮށް ކޯލީފްލާވަރ ބޭނުންކުރުމުން ހިތުގެ ބަލިތަކާއި ކެންސަރު ފަދަ ބައެއް ބަލިތަކުގެ ނުރައްކާ ކުޑަވެއެވެ. ކޯލީފްލާވަރ އަކީ ކާބޯހައިޑްރޭޓްގެ މިންވަރު ދަށް ފައިދާ ހުރި ތަރުކާރީއެކެވެ.

ގާތްގަޑަކަށް އެއް ވައްތަރަކަށް ހުންނަ މިދެތަރުކާރީ ތަފާތުކުރެވެނީ ކުލައިންނެވެ. ބްރޮކޮލީގައި ގަދަ ފެހިކުލަ ހުންނަ އިރު ކޮލީފްލާވަރ ގައި ހުންނަނީ ހުދުކުލައެވެ. ކޮލީފްލާވާރ އަށް ވުރެ ބްރޮކޮލީގައި ކެލޮރީ،ޕްރޮޓީން އަދި ލިޕިޑްސް ހިމެނޭ ވަރު ގިނަކަމަށްވެއެވެ. ކޯލީފްލާވަރގައި ފައިބަރު ހުންނަ ވަރު ގިނައެވެ. ނަމަވެސް މިދެތަރުކާރީ އަކީވެސް ފައިދާހުރި ގިނަ މާއްދާތަކެއް ހިމެނޭ ތަފާތު ދެ ބާވަތެއްގެ ތަރުކާރީއެކެވެ. އެހެންކަމުން ކެއުމުގައި މިދެ ތަރުކާރީ ހިމެނުމަށް އާދަކުރާށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި