ދަރިފުޅު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވުރެ ބޮޑު އުފަލެއް ނުލިބޭނެއެވެ. ދަރިފުޅަށް ކާންދޭން ފަށާ ދުވަސްވަރަކީ ކޮންމެ މަޔަކުވެސް އިންތިޒާރުކުރާނެ ވަގުތެކެވެ. ދަރިފުޅުގެ ބަރުދަން އިތުރުކުރުމަށް ބޭނުން ކުރަންވީ ކޮންކަހަލަ ކާނާއެއްތޯ ދެނެގަނެ އެއާއި ބެހޭ މައުލޫމާތު އެނގިފައި ވުމަކީ ވަރަށް މުހިއްމު ކަމެކެވެ.
- އާފަލު ، ދޮންކެޔޮ، އަންނާރު ފަދަ ފައިދާ ހުރި މޭވާ
- ބަރަބޯ، ކެރެޓް ، ބޮރޮކަލީ ، ބީޓްރޫޓް ފަދަ ފައިދާ ހުރި ތަރުކާރީ
- ބަތް ،ރޮށި ފަދަ ސްޓާޗީ ކާބޯހައިޑްރޭޓް ގިނައިން ހުންނަ ކާނާ
- އާމަންޑް،ކެޝޫނަޓް ފަދަ ޑްރައި ފުރުޓް
- ކިރު ، ބަޓަރ ، ޗީޒް ، ޔޯގަޓް
- ބިސް ، މަސް ފަދަ ގިނައިން ޕްރޮޓީން ހިމެނޭ ކާނާ ބޭނުން ކުރުމުން ދުޅަހެޔޮ ސިއްޙަތެއް ހުރުމަށްއެހީއަކަށް ވެއެވެ. އެވަކާޑޯ އަކީވެސް ގިނަގުނަ ފައިދާތަކެއްއެކުލެވޭ އެއްޗެއްކަމުން ކެއުމުގައި ކޮންމެހެންވެސް އެވަކާޑޯ ހިމަނާށެވެ. ޑާކް ޗޮކްލެޓަކީވެސް ދަރިފުޅަށް ދޭން ވަރަށް ރަނގަޅު އެއްޗެއް ކަމަށް ވެއެވެ.
ފައިދާ ހުރި ގިނަ މާއްދާތަށް އެކުލެވޭ ކާނާ ދިނުމުން ދަރިފުޅުގެ ވިސްނުންތޫނުވުމަށް ބާރަކަށް ވެއެވެ. ކުޑައިރު މިފަދަ ކާނާ ދިނުމަށް އާދަކުރާށެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.