1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އުތުރުތިލަފަޅުގައި އިންޑިއާ ސިފައިންގެ އެއްްވެސް މީހަކު ނެތްކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެެއްޖެ

20240511_200705
ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫން
މަރްޔަމް ޝަފާ ސައީދު
295ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މިސަރުކާރު ފެށުނު އިރުވެސް އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންގެ އެއްްވެސް މީހަކު ނެތްކަން، މިސަރުކާރުގެ ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނުވެސް ޔަޤީންކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު މިހެން ވިދާޅުވެފައި މިވަނީ ރިޔާސީ އިންތިޚާބުގެ ތެރޭގައި، މިހާރުގެ ސަރުކާރަށް ތާއީދުކުރާ ބަޔަކު އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ތިބިކަމަށް ބުނެ ވާހަކަތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

އައްސާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން މިހާރު އަނބުރާ ފޮނުވާލެވިފައިވާ ކަމަށެވެ. އަދި އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނެތްކަމުގައިވެސް މިނިސްޓަރ ޣައްސާނު މައުމޫނު ވިދާޅުވިއެވެ.

300 × 250

ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫން ވިދާޅުވީ މައުލޫމާތު ދައްކާ ގޮތުން އުތުރު ތިލަފަޅުގައި އެއްވެސް އަސްކަރީ މީހަކު ނެތް ކަމަށެވެ

"އަޅުގަނޑު ދެންނެވީ، މިހާރު ޔޫޓީއެފްގައި، މިހާރު އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ނެތްކަން ކަށަވަރު ކުރެވެޔޭ، އެއްވެސް އިރެއްގައި، ކުރީގެ ވާހަކައެއް ނޫން އަޅުގަނޑު ދެންނެވީކީ، އޭރުގެ ޙާލަތެއް އަޅުގަނޑުމެންނަށް ދެނެގަނެވޭނެ ހާލަތެއްވެސް ނޯންނާނެކަން ޤަބޫލު ކުރައްވަންވާނެ."

އެކަމާ ގުޅޭ ގޮތުން އިތުރަށް ސުވާލު ދެންނެވުމުން ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނު ވިދާޅުވީ، ކުރިން އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ތިބި ކަމަށެވެ. އެހެން ނަމަވެސް ތިބީ ކިހާ ސިފައިންނެއް ކަމެއް އަދި އެސިފައިން ތިބީ ކިހާ މުއްދަތެއްގައި ކަމެއް ޑިފެންސް މިނިސްޓަރަކަށް ވިދާޅެއް ނުވެވުނެވެ.

އެހެންނަމަވެސް ފަހުން އަދަދު ނޫހުން ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ، އެމަނިކުފާނު ވިދާޅުވީ، ކުރިން އިންޑިއާ ސިފައިން ތިބި ވާހަކަ ކަމަށާއި، ތިބި އަދަދު ޖެހޭނީ ބައްލަވާލައްވަން ކަމަށެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި