1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ލައިފްސްޓައިލް

ނަލަ ނަލަ ހަންގަނޑެއް ބޭނުންވަނީ ހަމައެކަނި މޫނަކަށް ނޫން! މިފަހަރު ފުޓްޕޭސްޓެއްގެ އަޖުމަބަލާލަމާ ހިނގާ!

dry-cracked-heels (1)
މާބޮޑަށް ފައިގެ ހަންގަނޑު ހިކިގެން ހަންގަނޑުފެޅެން މެދުވެރިވޭ:ފޮޓޯ:ގޫގުލް
ރިޝާނާ ޢަބްދުލްއަޒީޒް
754ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ގިނަ ފަހަރު ރީތިކޮށް ބެހެއްޓުމަށް ސަމާލުކަން ދެވެނީ މޫނަށެވެ. ތަފާތު ކުރީމްތަކާއި ގިނަ ހޭދަތައް ކުރެވެނީ މޫނުގެ ރީތިކަން ދެމެހެއްޓުމަށެވެ. މޫނާއި އެއްވަރަށް ފައިގެ ހަން ދުޅަހެޔޮކޮށް ބެހެއްޓުމަކީ ވެސް މުހިއްމު ކަމެކެވެ.

ފައިގެ ފުންނާބު ނުވަތަ ދަށްފުށުގެ ހަންގަނޑު މާބޮޑަށް ހިކިގެން ގޮސް ހަންގަނޑު ފެޅެން މެދުވެރިވަނީ ގުދުރަތީ ގޮތުން ފައިގެ އޮއިލް ގްލޭންޑްސް ނުހުރުމުގެ ސަބަބުން ކަމަށް ބުނެއެވެ. ގިނަ ފަހަރު ޑޮކްޓަރަށް ދައްކައިގެންވެސް މިކަމަށް ހައްލު ހޯދުމަށް މަސައްކަތް ކުރެވެއެވެ.

މިކަމަށް ގޭގައި ދެވިދާނެ ފަރުވާއެއް ބުނެދޭނަމެވެ. އަޖުމަ ބަލާލާށެވެ.

300 × 250

ފުޓްމާސްކް ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:

1 ސަމްސާ ދަތް އުނގުޅާބޭސް

1 ސަމްސާ ހަކުރު

1 ސަމްސާ އޮލިވް އޮއިލް

ހުރިހާ އެއްޗެއް ކުޑަތައްޓަށް އަޅާލުމަށްފަހު މިކްސްކޮށްލާށެވެ. ދަތް އުނގުޅާ ބުރުހަކުން ތައްޔާރުކުރި ފޭސްޓް ފައިގެ ފުންނާބާއި ފައިތިލައިގެ ދަށްފުށުގައި އުނގުޅާލުމަށް އެލްމިނިއަމް ފޮއިލުން ކަވަރކޮށްލާށެވެ.

20 މިނެޓް ބެހެއްޓުމަށް ފަހު އެލްމިނިއަމް ފޮއިލް ނަގާލާފައި ތުވާއްޔަކުން ރަގަނޅަށް ސާފުކޮށްލާށެވެ. ފައިގެ ހަންގަނޑު އޮމާންވެފައި ރީތިވާނެއެވެ. މިގޮތަށް ހަފްތާއަކު އެއްފަހަރު ހެދުމަށް އާދަކުރާށެވެ. ތަފާތު ފެންނާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި