އުކުޅަހުގައި ހިނިގި އެކްސިޑެންޑްގައި ކުޑަކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާދެން ފަށައިފިއެވެ.

ފުލުހުން ބުނީ އުކުޅަހު ހިއްކި ސަރަހައްދުގައި ހިނގި އެކްސިޑެންޓްގައި ފަރުވާދޭން ފަށާފައިވަނީ އުމުރުން 17 އަހަރުގެ ކުއްޖަކަށް ކަމަށެވެ. އެހާދިސާ ހިނގާފައިވަނީ ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ވެއްޓިގެންނެވެ.

އެކުއްޖާއަށް ފަރުވާދެމުންދަނީ އެ ރަށު ސިއްހީ މަރުކަޒުގައި ކަމަށާއި، މި ހާދިސާ އާއި ގުޅިގެން ބަލަންޖެހޭކަންކަން ބަލމުންދާ ކަމަށްވެސް ފުލހުހުންވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގެ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ރަށު ކައުންސިލަށް ގުޅާލުމުން ފޯނު ނުނަގާތީ ވަނީ ހާދިސާގެ އިތުރު މައުލޫމާތު ލިބޭ ގޮތް ނުވެފައެވެ.